ޚަބަރުސިޔާސީ

ލަންކާގެ ރައީސް ގޮޓަބަޔާ ޤައުމުން ފިއްލަވައިގެން ރާއްޖެއަށް ވަޑައިގެންފި

ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ އެ ޤައުމުން ފިއްލަވައިގެން ދިވެހިރާއްޖެއަށް ވަޑައިގަތުމަށް ލަންކާއިން ފުރާވަޑައިގެންފިކަމަށް ލަންކާގެ މަސްދަރުތަކާއި ހަވާލާދީ އޭއެފްޕީން ރިޕޯޓުކޮށްފިއެވެ.

ލަންކާ ނޫސްވެރިއަކު ވަނީ މިކަމާއިގުޅިގެން ޓްވީޓެއް ކޮށްފައެވެ.

ނޫސްވެރިޔާ މުންޒާ މުޝްތާޤު ކުރި ޓުވީޓެއްގައި ބުނީ ލަންކާއިން ފިއްލަވައިގެން ރައީސް ގޮޓަބަޔާ ދަތުރުކުރައްވާ މަތިންދާބޯޓު މިރޭ ދަންވަރު 2:50 ހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާނެ ކަމަށެވެ.

މިރޭގެ ވަގުތެއްގައި ގޮޓަބަޔާ ލަންކާއިން ފިއްލަވައިގެން ރާއްޖެ ވަޑައިގަންނަވާކަމަށް ލަންކާގެ ބައެއް ނޫސްވެރިންނާއި އެކްޓިވިސްޓުން ވަނީ ރިޕޯޓުކޮށްފައެވެ. އެހެން ނަމަވެސް މިކަމާއި ގުޅިގެން ދިވެހި ރާއްޖޭގެ ކަމާއިބެހޭ އެއްވެސް އިދާރާއަކުން އަދި އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ލަންކާއަށް ކުރިމަތިވެފައިވާ އިޤުތިޞާދީ ތަދުމަޑުކަމާއި ގުޅިގެން އެ ޤައުމުގެ ރައްޔިތުން ދަނީ މެދުކެނޑުމެއް ނެތި އިހުތިޖާޖުކޮށް ގޮޓަބަޔާ ރާޖަޕަކްސައާއި ރާޖަޕަކްސަ އަދި ސަރުކާރުގެ އިސްމަގާމް ތަކުގައި ތިއްބެވި އެ އާއިލާގެ އެންމެންގެ އިސްތިއުފާ އަށް ގޮވާލަމުންނެވެ.

މުޒާހަރާތަކާއި ގުޅިގެން ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ގެ އިތުރުން އޭނާގެ ދަރިކަލުން ނަމާލް ރާޖަޕަކްސައާއި، އެ އާއިލާގެ އެހެން ބޭފުޅުންވެސް ވަނީ ވަޒީރުކަމުން އިސްތިއުފާދެއްވާފައެވެ.

ނަމަވެސް ރައީސް ކަމުގައި ހުންނެވި ގޮޓަބަޔާވަނީ ރައީސްކަމުން އިސްތިއުފާދެއްވަން ދެކޮޅު ހައްދަވާފައެވެ.

ގޮޓަބަޔާ މަޤާމުން އިސްތިއުފާ ދެއްވާނެކަން އިއުލާނުކުރެއްވީ ހޮނިހިރުދުވަހު އެ ޤައުމުގައި ކުރިއަށްދިޔަ ބޮޑު މުޒާހަރާގެ ތެރެއިން ލަންކާގެ އެތައްހާސް ރައްޔިތުން ރިޔާސީ ގަނޑުވަރަށް ވަދެ ހިންގި ހަމަނުޖެހުމާއި ގުޅިގެންނެވެ. ގަނޑުވަރަށް އާންމުން ވަނުމުގެ ކުރިން ގޮޓަބަޔާ ވަނީ ގަނޑުވަރު ދޫކުރައްވައި ރައްކާތެރި ތަނަކަށް ވަޑައިގެންފައެވެ.

ލަންކާގެ ސިޔާސީ މަސްރަހު ހޫނުވެފައިވާ މިދަނޑުވަޅުގައި ގޮޓަބަޔާ އަށް ދިވެހި ރާއްޖެއިން ހިމާޔަތް ދިނުމާއިމެދު ލަންކާގެ ގިނަބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button