ލަންކާގެ ރައީސް ގޮޓަބަޔާ ފިއްލަވައިގެން ރާއްޖެ އައި މައްސަލާގައި ލަންކާގެ ރައްޔިތުން މުޒާހަރާ ކޮށްފި
ލަންކާގެ ގިނަ ރައްޔިތުންގެ ނުރުހުން ލިބިފައިވާ ރައީސް ގޯޓަބަޔާ ރާއްޖެއިން ހިމާޔަތް ދިނުމާއި ގުޅިގެން ލަންކާގެ ރައްޔިތުން މުޒާހަރާ ކޮށްފިއެވެ.
މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދިޔައީ ފިއްލަވައިގެން ހުންނެވި ރައީސް ގޮޓަބަޔާ ވަގުތުން ވަގުތަށް އިސްތިއުފާ ދެއްވުމަށާއި، ދިވެހި ސަރުކާރުން ރައީސް ގޯޓަބަޔާ އަބުރާ ލަންކާ އަށް ފޮނުވައި ދިނުމަށެވެ. އަދި ރައީސް ގޯޓަބަޔާ އިސްތިއުފާ ދެއްވާ އެންބުރި ގައުމަށް އައްނަންދެން މުޒާހަރާތަށް ކުރިއަށް ގެންދާނެ ކަމަށާ، ބޮޑުވަޒީރު ރަނިލް ވެސް މިހާރުން މިހާރަށް އިސްތިއުފާ ދެއްވުމަށް މުޒާހަރާގެ ބައިވެރިން ގުވަމުންދެއެވެ.
އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފައޮތް ރައީސް ގޯޓަބަޔާ ފިއްލަވައިގެން ގައުމު ދޫކޮށް ވަޑައިގަތުމުން ވަގުތީގޮތުން އެގައުމުގެ ރައީސް ކަމާ މިހާރުވަނީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ހަވާލުވެ ވަޑައިގެންފައެވެ.
ރައީސް ގޯޓަބަޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ގައުމު ދޫކޮށް ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާވަޑައިގަންނަވަން އުޅުމުން އެއެއާޕޯޓުގެ އޮފިސަރުންނާއި އިމިގްރޭޝަން އޮފިސަރުން ވަނީ ހުއްޓުވާފައެވެ. އެހެން ނަމަވެސް ފަހުން އަސްކަރީޔާގެ ބާރުގައިވާ އެއާޕޯޓެއްގައި ވާ އަސްކަރީ މަތިންދާ ބޯޓެއް ގައި ރައީސް ގޯޓަބަޔާ ވަނީ ފުރާފައެވެ.
ރައީސް ގޯޓަބާޔަ އާއި އޭނާގެ އަނބިކަނބަލުން ދެފަހަރެއްގެ މަތިން އިއްޔެ ރާއްޖެ އެތެރެވާން ވަނީ މަސައްކަތް ކޮށްފައެވެ.
އެންމެ ފުރަތަމަ ރާއްޖެ އެތެރެވާން މަސައްކަތްކުރީ، އަސްކަރީ މަތިންދާ ބޯޓުގައި ތިބި މީހުންގެ މައުލޫމާތު އޮޅުވާލައިގެންނެވެ. އަދި ބޯޓުގައި ގޯތާބާޔަ އާއި އޭނާގެ އަނބިކަނބަލުން ތިބިކަން އެނގިގެން، ވެލާނާ އިންޓަނޭޝާނަލް އެއާޕޯޓުގައި ޖައްސަން ހުއްދަ ނުދިނުމުން އަނބުރާ ލަންކާއަށް ވަނީ ގޮސްފައެވެ.
ދެވަނަފަހަރު ރާއްޖެއަށް ފުރާވަޑައިގަތީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މެދުވެރިކުރައްވައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ގުޅުއްވައި ގޯތާބާޔައަށް ރާއްޖެ އެތެރެވެވޭނެ ކަމުގެ ޔަގީންކަން ހޯއްދެވުމަށް ފަހުއެވެ.
ރާއްޖޭގެ ސަރުކާރުން އަދި މިކަމާ ގުޅިގެން އެއްވެސް ވާހަކައެއް ބުނެފައެއް ނުވެއެވެ. އަދި ރައީސް ގޯޓަބަޔާގެ އަސްކަރީ މަތިންދާ ބޯޓް ޖައްސަން ހުއްދަދިން ފަރާއް ކަމަށް ބުނާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އެކަމާ އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.