އޭޝިއަން ބޮޑީ ބިލްޑިން މުބާރާތް ރާއްޖޭގައި ނުބޭއްވުމަށް ޑރ.އިޔާޒް ގޮވާލައްވައިފި

ޔޫތު މިނިސްޓްރީގެ އެއްބާރުލުމާއިއެކު ކ.މާފުށީގައި ބޭއްވުުމަށް ނިންމާފައިވާ އޭޝިއަން ބޮޑީ ބިލްޑިން މުބާރާތް ނުބޭއްވުމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ގޮވާލައްވައިފިއެވެ.
ބޮޑީ ބިލްޑިން މުބާރާތާއި ގުޅޭގޮތުން ޔޫތު މިނިސްޓަރ އަޙުމަދު މަޚްލޫފް ކުރެއްވި ޓްވީޓަކާއި ގުޅިގެން ޑރ. އިޔާޒް ވިދާޅުވީ، ޤައުމުގައި އެއްޖިންސުން ގުޅުން ހިންގުމާއި ފާޙިޝް ޢަމަލުތައް ޢާއްމުވެފައިވާ ވަގުތެއްގައި އަނެއްކާވެސް އެފަދަ ކަންކަމަށް ހިތްވަރުލިބޭގޮތަށް ދެޖިންސުގެ މީހުން ވަނާތައް ފާޅުކޮށް އިތުރު ގެއްލުން ޤައުމާއި ރަޢްޔިތުންނަށް ލިބޭފަދަ ކަންތައް ނުކުރުމަށް ނަޞޭޙަތްތެރިވާ ކަމުގައެވެ.
ޤައުމުގައި އެއްޖިންސުން ގުޅުން ހިންގުމާއި ފާޙިޝް ޢަމަލުތައް ޢާއްމުވެފައިވާ ވަގުތެއްގައި އަނެއްކާވެސް އެފަދަ ކަންކަމަށް ހިތްވަރުލިބޭގޮތަށް ދެޖިންސުގެ މީހުން ވަނާތައް ފާޅުކޮށް އިތުރު ގެއްލުން ޤައުމާއި ރަޢްޔިތުންނަށް ލިބޭފަދަ ކަންތައް ނުކުރުމަށް ނަޞޭޙަތްތެރިވަން. https://t.co/N0LIT0sj6q
— Dr.Mohamed Iyaz (@dr_iyaz) July 11, 2022
މީގެ އިތުރަށް ޑރ. އިޔާޒް ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއްގައި ކުރިއަށްވުރެ އެތައް ގުނައެއް ގޯސްކޮށް ބޮޑީ ބިލްޑިންގެ ނަމުގައި ބާއްވާ ޙަރަކާތް ހިންގުން ހުއްޓާލުމަށް ޔޫތު މިނިސްޓަރު އަޙުމަދު މަޚުލޫފަށް ގޮވާލައްވާފައެވެ.
ޑރ. އިޔާޒްގެ ޓްވީޓްގައި ވަނީ ދެންވެސް ޝެއިޚުން ކޮބައިތޯ ސުވާލު އުފައްދާ، މިކަން ކުރީ 5 ނަމާދުކޮށްގެން ކަމަށް މިނިސްޓަރު މަޚުލޫފު ވިދާޅުވާނީތޯ ސުވާލު އުފައްދާފައެވެ.
Bodybuilding ge namuga mihaathanah mikan miraajjeyga kurivarahvure ethah guna eh goaskoh myhun dhiriulhey rashehga hingan ulhey harakaiy huttaalan @ahmedmahloof ah govaalan. Dhenves vidhaalhuvaany mioh hurihaa dhuhu sheikhun kobaitho ey? Noony mikan kury 5 namaadhu kohgenney tho? https://t.co/N0LIT0sj6q
— Dr.Mohamed Iyaz (@dr_iyaz) July 11, 2022
ޑރ. އިޔާޒް މިފަދައިން ވިދާޅުވެފައި މިވަނީ ދީނީ ޢިލްމުވެރިންގެ ބަސް އުވާލުމަށްފަހު މިދިޔަ މަހުގެ 21 ވަނަ ދުވަހު ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް އިންޑިއާ ހައިކޮމިޝަނާއި، އިންޑިއަން ކަލްޗަރަލް ސެންޓަރ އަދި ޔޫތް މިނިސްޓްރީއިން ގުޅިގެން ކުރިއަށްގެންދިޔަ ޔޯގާ ޑޭ ޙަރަކާތް ކުރިއަށް ގެންދިޔައީ ފަތިސް ނަމާދު ކޮށްގެން ކަމަށް ޔޫތު މިނިސްޓަރު މަޚުލޫފް މީގެ ކުރިން ވިދާޅުވުމާއި ގުޅިގެންނެވެ.
54 ވަނަ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިސިކް ސްޕޯޓްސް ޗެމްޕިއަންޝިޕް މާފުށީގައި ބޭއްވުމަށް ނިންމާފައިވާއިރު، މި މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުން 21 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި މުބާރާތުގައި 28 ޤައުމަކުން 500 އަށްވުރެ ގިނަ އެތްލީޓުން ބައިވެރިވުމަށް ވަނީ ނިންމާފައެވެ.
ރައީސް މީހާއައްވެފައިމިހިރަގޮތެއް ނޭނގުނު! ކައިރީގަތިބި އެއްބަޔަކު ގައުމުދަވާލާ އަނެއްބަޔަކު ގައުމުގައި އެއްޖިންސު އޯކޭކުރަމުންދާއިރު ޒިންމާދާރުވެރިޔާ ހައްޖުގެ އަޅުކަންއެކަނި އަދާކުރުމަކުން ނުފުދޭ!
Thunbulhi group kithanme beynunviyas mithan Afghanistan akah nuhedeyne.
Asluves… Me group ah nufennaneebaa male magumathee hedhun laigen oriyaamun ulhey annhenuhthah