ޚަބަރުކުޅިވަރު

ޖީބީ ފުޓްސަލް ޗެލެންޖު ހުކުރު ދުވަހު ފަށަނީ

ޖީބީ ފުޓްސަލް ޗެލެންޖް 2022 15 ޖުލައިވާ ހުކުރު ދުވަހު ފަށަން ނިންމައިފިއެވެ.

މި މުބާރާތަކީ ޖީބީ ސްޕޯޓްސް ކްލަބުން އިންތިޒާމުކޮއްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގައި 16 ޓީމަކުން ވަނީ ބައިވެރިވެފައެވެ.

ޖީބީ ފުޓްސަލް ޗެލެންޖުގެ ޕޫލް މަނީ އަކީ 10000 ރުފިޔާގެ ފައިސާ ކަމުގައި މި މުބާރާތް ހިންގާ އިންތިޒާމު ކުރުމުގައި ހަރަކާތްތެރިވާ ފަރާތެއް ކަމުގައިވާ އަހުމަދު ޔައިޝް ވަނީ “ ބޮންތި” އަށް މައުލޫމާތު ދީފައެވެ.

ޔައިޝް ބުނިގޮތުގައި މި މުބާރާތުގެ އެންމެ މޮޅު 4 ކުޅުންތެރިންނާ އެންމެ މޮޅު ގޯލްކީޕަރު ހޮވުމަށްވަނީ ހަމަޖެހިފައެވެ. އަދި މުބާރާތުގެ ފުޓްސަލް ކިންގެއްވެސް ހޮވާނެ ކަމުގައި ޔައިސް ބުންޏެވެ.

މި މުބާރާތަކީ 2 ދުވަހަށް ދެމިގެންދާނެ މުބާރާތެކެވެ. މި މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ލެގޫންސް ފުޓްސަލް ދަނޑުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button