ޚަބަރުސިޔާސީ

ޑރ. އިޔާޒު ރައީސް ސޯލިހު ދޫކޮށްލަން ވިސްނަނީ

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށް ހުއްޓުމެއްނެތި ސަނާ ކިޔުއްވާ ބޭފުޅެއްގޮތުގައި ފާހަގަކުރެވިފައިވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. އިޔާޒް ރައީސްސޯލިހު އާއި އެމަނިކުފާނުގެ ސަރުކާރާއި މެދު ގެންގުޅުއްވި ވިސްނުން ބަދަލުވެ ދެވަނަ ވިސްނުމަކަށް ދާން މަޖުބޫރުވެއްޖެ ކަމަށް ވިދާލުވެއްޖެއެވެ.

ސަރުކާރުން ކުރާ ދީނާ ޚިލާފުކަންކަމުގައިވެސް މާބޮޑު އެއްޗެއް ވިދާލުނުވެ ހުންނެވުމަށްފަހު ދާދި ފަހުން ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތަށްފަހު ޑރ. އިޔާޒް ދަނީ ރައީސް ސޯލިހުގެ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. އެހެން ނަމަވެސް އިޔާޒް އަބަދުވެސް ފާހަގަކުރައްވަނީ ރައީސް ސޯލިހު އަކީ ވަރަށް މާތްސިފަތަކެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެއްގެ ގޮތުގައެވެ.

އިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ އަކީ މިހާރުގެ ސަރުކާރު ދެމިއޮތުމަށް ވަރަށް އެދިއެދި ހުރި މީހެއް ކަމަށާއި، އެހެންނަމަވެސް ޔޯގާގެކަންތަކުގައި ގެންގުޅުއްވި ބޯހަރު ލާއިންސާނީ ސިޔާސަތުގެ ސަބަބުން ދެވަނަ ވިސްނުމަކަށްދާން މަޖްބޫރު ވެއްޖެކަމަށެވެ.

އިޔާޒް މިފަދައިން ވިދާޅުވީ ޔޯގާގެ މައްސަލައިގައި ހިނގާދިޔަ ކަންކަމަކީ ބަޔަކު ރާވައިގެން ވެރިކަމަށް އައުމުގެ ބޭނުމުގައި ހިންގާފައިވާ ކަމެއްކަމަށް ޔޫތްމިނިސްޓަރު އަހުމަދު މަޚްލޫފް ވިދާޅުވުމާއި ގުޅިގެންނެވެ.

ޔޫތު މިނިސްޓަރު މަޚްލޫފް މިފަދައިން ވިދާޅުވެފައިވަނީ އެދުވަހުގެ ކަންކަމާ ގުޅޭގޮތުން މަޖިލީހުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވިސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މަޖިލީހުގައި ވާހަކަ ދައްކަވަމުން މަޚްލޫފް ވިދާޅުވީ ޔޯގާ މައްސަލައަކީ ބަޔަކު ސިޔާސީ ބޭނުމަކަށް ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި މި މައްސަލައަކީ ސިޔާސީބޭނުމެއްގައި އޮޅުވާލައިގެން ބަޔަކަށް ގެއްލުންދޭން ރާވަމުން އަންނަ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމަށް ރައްދު ދެއްވަމުން އިޔާޒް ވިދާޅުވީ މަޚްލޫފްގެ ވާހަކައަކީ މުޅިން ދޮގެއްކަމަށާއި މި ސަރުކާރާއި ދޭތެރޭ ދެވަނަ ވިސްނުމަކަށް ދާން މަޖުބޫރުވީ ޔޯގާގެކަންކަމުގައި ސަރުކާރުން ގެންގުޅުއްވި ބޯހަރު ލާއިންސާނީ ސިޔާސަތުގެ ސަބަބުން ކަމަށެވެ.

އިޔާޒްގެ މި ރައްދާއިއެކު ގިނަބަޔަކު އަންނަނީ އިޔާޒް އަށްވެސް ވަރަށްބޮޑަށް ފާޑުކިޔަމުންނެވެ.

އަދި އިޔާޒް މިފަދައިން ޓްވީޓް ކުރިކަމުގައިވިޔަސް އޭނާ އާއި މެދު މާބޮޑު އުންމީދެއްނެތް ކަމުގައި ގިނަބަޔަކު ވަނީ ފާހަގަކޮށްފައެވެ.

 

3 Comments

  1. އެބޭފުޅާއަށް މާތްސިފައެއްގަފެނުނަސް އަހަރެމެން ނަކައްނުފެނެ މާތްސިފައެއް. ހިސާބައްވުރެނުބައިއަމަލުގިނަވެއްޖިއްޔާ މާތްﷲއިރާދަފުޅުން ކޮންމެވެރިކަމެއްވެސްނިމޭވަގުތުޖެހޭނެ ބަޔަކުރާވާކައްނުޖެހެ

Leave a Reply

Your email address will not be published. Required fields are marked *

Back to top button