ޚަބަރުސިޔާސީ

އަޅުގަނޑުމެން ރައީސް ޔާމީން ޖަލުން ނެރޭނަން: ރައީސް ނަޝީދު

ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލުން މިނިވަންކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރޭ ފުވައްމުލައް ސިޓީގައި ދަ ޑިމޮކްރެޓްސްއިން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި އަޑު އުފުއްލަވާނެ ކަމަށާއި، އެކަމުގައި އިހުތިޖާޖުވެސް ކުރައްވާނެކަމުގައެވެ. އެމަނިކުފާނު ވަނީ ޕޯޑިއަމްގައިވެސް ރައީސް ޔާމީން މިނިވަންކުރުމަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ.

އެމްއެމްޕީއާރްސީގެ ވައްކަމުގައި 273 މީހުން ހިމެނޭ. އެހެނަސް އޭގެ ތެރެއިން އެކަމުގައި އެކިޔުއްވާ އެންމެ ބޭފުޅަކު ގެންގޮސް ހިފާ ހައްޔަރުކޮށް 5 އަހަރުވީމާ، ދެން އެއީ އިންސާފުކަމުގައި އަޅުގަނޑުމެންނަށް ބަލައެއް ނުގަނެވޭނެ. ރައީސް ޔާމިން ހަމަ މިހާރު ޖެހޭނީ ދޫކޮށްލާން!“

”އަޅުގަނޑުމެންނަށް އިނގޭ މީހުން ޖަލުން ނެރެން. އަޅުގަނޑުމެން އެމްޑީޕީގައި އުޅުނު އިރުގައި ފައްކާކޮށްފައި އޮތް ނިޒާމެއް އެއީ ޖަލުން ނެރުމުގެ ނިޒާމު. އަޅުގަނޑުގެ ރަޙްމަތްތެރި ޕީޕީއެމް މެންބަރުންނަށް ޔަޤީންކޮށް އަރުވަން. އަޅުގަނޑުމެން އިޙްތިޖާޖުގައިވެސް ބައިވެރިވާނަން. ބައިނަލްއަޤްވާމީ ފަރާތްތަކާއެކުގައި ވާހަކަދައްކަންވެސް ދާނެ. އެކިއެކި ބައިނަލްއަޤްވާމީ ވަކީލުން ރާއްޖެ އައިސް ވަކާލާތުވެސް ކުރައްވާނެ.“ ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ ޕީޕީއެމުން އެމްޑީޕީ ކޮޅަށް ނާރައި ދެވަނަ ބުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިކުރެވޭނެ ގޮތަކަށް ސިޔާސީ ކުޅިބައި އެތުރުމަށް އެޕާޓީއަށް ގޮވާލައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button