ޚަބަރުސިޔާސީ

ސަލަފްގެ ރައީސް، ރައީސް ނަޝީދަށް: ހުރިހާ ކަމެއް ދޫކޮށްލައިގެން ނުތިބޭނަން

ހުރިހާކަމެއް ދޫކޮށްލައިގެން ނުތިބޭނެ ކަމަށް ވިދާޅުވެ ޖަމިއްޔަތުއް ސަލަފްގެ ރައީސް އައްޝެއިހް އަބްދުﷲ ބިން މުހައްމަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަށް ރައްދު ދެއްވައިފިއެވެ. 

ޝެއިޚް އަބްދުﷲ ރައީސް ނަޝީދަށް ރައްދު ދެއްވީ ކެސީނޯ އެޅުމަކީ މަނާ ކަމެއް ނޫން ކަމަށް މިއަދުގެ މަޖިލިސް ޖަލްސާގައި ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

ޝެއިހް އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖުވާ ކުޅުމަކީ ޤުރުއާނާ ސުންނަތާ، އުއްމަތުގެ އިޖްމާޢު އިން ޙަރާމްކަމެކަމަށާއި، އެކަމަށް އިންކާރު ކުރާ މީހާ ޤުރުއާނަށް އީމާން ނުވާކަމަށެވެ. އަދި އެހެނިހެން ޖަރީމާތައް ރާއްޖޭގައި ޢާއްމުކުރުމަށް ޒާތްޒާތުގެ އުކުޅު ބޭނުންކުރާފަދައިން، ރާއްޖޭގައި ކެސިނޯ ތަޢާރަފް ކުރަން އެއްވެސް މީހަކު ފައި ނުނެގުމަށް އިލްތިމާސް ކުރާކަމަށެވެ.

އިތުރަށް ޓުވީޓްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ ޝުޢޫރުތައް ހިފަހައްޓައިގެން ތިބެވޭނީ ވަކިވަރަކަށް ކަމާއި، ޤާނޫނު ތަކުގެ ބާރު ގަސްތުގައި ކަނޑުވާލައިގެން، ކޮންމެ ކަމެއް ކުރާން ދޫކޮށްލައިގެން އަބަދު ތިބޭނެކަމަށް ހީނުކުރުމަށެވެ. އެހާރުން ޤާނޫނު ތަންފީޒްކުރަން ނިކުންނާނީ ރައްޔިތުންކަމަށެވެ.

ޝެއިހް އަބްދުﷲ ވިދާޅުވެފައިވަނީ ކެސިނޯއަކީ ޙަރާމް ޖުވާކުޅޭ އާލާތެއް ކަމަށެވެ. މަސްބާނާން ގެންގުޅޭ އާލާތެއް ނޫންކަމާއި ނުވަތަ ދޮންވެލި ސާފުކުރާން އޮތް ބަތްޕޮޅިއެއް ނޫންކަމަށެވެ. ކެސިނޯ އަކީ ޙަރާމް އެއްޗެއް ކަމާމެދަކު ޝައްކެއް ނެތް ކަމަށާއި، އެއީ މީސްތަކުންގެ މުދާ ފޭރޭ މެޝިނެއް ކަމުގައި ޝެއިހް އަބްދުﷲ ވިދާޅުވެފައިވެއެވެ.

ރަައީސް ނަޝީދު ކެސީނޯއާއި ބެހޭގޮތުން ދެއްކެވި ވާހަކަފުޅަށް ރައްޔިތުންގެ ފާޑުކިޔުންތައް އަމާޒުވަމުން ދާކަން ފާހަގަކޮށްލެވެެއެވެ.

3 Comments

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button