ޚަބަރުސިޔާސީ

އިދިކޮޅުން މުއިއްޒު ހޮވަން ފޫގަޅައިފި، ލިބުނީ ކެންޑިޑޭޓް ނަންބަރު 4

ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އެންޑޯޒު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު އިންތިހާބު ކުރުމަށް އިދިކޮޅުން ފޫގަޅައިއިފިއެވެ.

ހިޔާލުތަފާތުވުންތަކާއި ވާދަވެރިކަން ނައްތާލިކަން ރޭ އެ ދެޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލީޑާޝިޕުން ވަނީ އިއުލާންކޮށްފައެވެ. އަދި މުއިއްޒު އިންތިހާބު ކުރުމަށްޓަކައި ޕީޕީއެމް ޕީއެންސީއިން އިތުރު ގިޔަރެއް ލައިގެން މަސައްކަތް ކުރިޔަށް ގެންދާނެކަމުގެ ޔަގީންކަންވެސް އެ ދެޕާޓީން ވަނީ ދީފައެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގަައި މުއިއްޒު ވަނީ ރައީސް ޔާމީނަށް ކޮށްފައިވާ ޖަލު ހުކުމް ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ. އަދި އެމަނިކުފާނުގެ އެންމެ ފުރަތަމަ މިޝަނަކީ ރައީސް ޔާމީން މިނިވަން ކުރުން ކަން ފާހަގަކުރެއްވިއެވެ.

މިއަދު ހަވީރު އިލެކްޝަންސް ކޮމިޝަނުން ވަނީ ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ 8 ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރުތައް ތަރުތީބުކޮށްފައެވެ. އެގޮތުން މުއިއްޒު އަށް ލިބިވަޑައިގަތީ ހަތަރެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button