ޚަބަރުސިޔާސީ

ޝިންޒޯ އަބޭގެ ބޮޑުވަޒީރު ކަމުގައި ރާއްޖެއާއި ޖަޕާންގެ ގުޅުން ބަދަހިވެގެން ދިޔަ: ރައީސް

މިއަދު ހެނދުނު އަވަހާރަކޮށްލި ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ބޮޑުވަޒީރު ކަމުގައި ރާއްޖެއާއި ޖަޕާންގެ ގުޅުން ބަދަހިވެގެން ދިޔަކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޝިންޒޯ އަބޭ އަވަހާރަވުމާ ގުޅިގެން، ޖަޕާނުގެ ބޮޑުވަޒީރު ކިޝީޑާ ފުމިއޯއަށް ފޮނުއްވެވި ތަޢުޒިޔާގެ މެސެޖުގައެވެ.

ރައީސްގެ ތަޢުޒިޔާގެ މެސެޖުގައި، ޝިންޒޯ އަބޭ އަވަހާރަވެއްޖެކަމުގެ ޚަބަރު އަޑުއެއްސެވީ ފުން ހިތާމަޔާއި އެކުގައި ކަމަށް ވިދާޅުވިއެވެ. އަދި ޝިންޒޯ އަބޭއަކީ ޖަޕާނަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ވަރުގަދަ ސިޔާސީ ޝަޚުސިއްޔަތެއްކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ބޮޑުވަޒީރުކަމުގައި ދިވެހިރާއްޖެ އާއިއެކު އޭގެ ކުރިން ދުވަހަކުވެސް ގުޅުން ބަދަހިވެފައި ނުވާ މިންވަރަށް އިޤުތިޞާދީ އަދި ސިޔާސީ ގުޅުންތައް ބަދަހިވެގެން ދިޔަކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

މި މެސެޖުގައި، ހިތާމައިގެ މިދަނޑިވަޅުގައި ޝިންޒޯ އަބޭގެ ޢާއިލާއަށާއި، ޖަޕާނުގެ ސަރުކާރަށާއި، އެކުވެރި ރައްޔިތުންނަށް، ދިވެހި އެންމެހައި ރައްޔިތުންގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް ސޯލިހާއި ޝިންޒޯ އާއި ދެބޭފުޅުން ވަނީ 2019 ވަނަ އަހަރުގައި ބައްދަލު ކުރައްވާފައެވެ. އެއީ ޖަޕާނުން ދިން ދައުވަތަކަށް ރައީސް އެގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button