ޚަބަރުމުނިފޫހިފިލުވުން

އީދަށް ފުރަނީތަ؟

ބޮޑު އީދަށް ދާން ރާވައިފައި އޮތީ ކޮން ރަށަކަށް ހެއްޔެވެ؟

އީދަށް އާއިލާ އާއި ރައްޓެހިންތައް އެކި ރަށްރަށަށް ދަތުރު ހަދައިގެން ފުރަން ތައްޔާރު ވެއްޖެއެވެ. ދާނީ ކޮން ރަށަކަށްބާއޭ ހިތަށް އަރައަރާ ތިއްބާ މިގެނެސް ދެނީ ރާއްޖޭގެ އެކިހިސާބުތަކުގައި އީދު ފޯރި މިފަހަރު ހުރިވަރެވެ.

މި އަހަރު ބޮޑުއީދާ ދިމާކޮށް، އަތޮޅު ތެރޭގެ 18 ރަށެއްގައި ހަވާ ވެސް އަރުވައެވެ. ހަވާ އަރުވާ ރަށް ތަކުގެ ތެރޭގައި:

ހއ.ބާރަށް، ހއ.ދިއްދޫ، ހއ.ވަށަފަރު، ނ.ވެލިދޫ، ނ.ހޮޅުދޫ، ނ.ފޮއްދޫ، ރ.މާކުރަތް، ބ.ފުޅަދޫ، ބ.ދަރަވަންދޫ، ބ.އޭދަފުއްށި، ކ.ދިއްފުއްށި، ކ.ގުރައިދޫ، ކ.ހިއްމަފުއްށި، ކ.ގާފަރު، އއ.ތޮއްޑޫ، އއ.އުކުޅަސް، ގދ.ފިޔޯރީ އަދި ސ.ހިތަދޫ ހިމެނެއެވެ.

މި 18 ރަށުގަ އީދު ކުޅިވަރުތަށް ވަރަށް ވެސް ފޯރި ގަދައެވެ. ރަށަކަށް ދޫކުރާނެ ރަށެއް ހަމަ ނެތެވެ. މިރަށްތަކުގައި އީދު ބަޑި ރޯކުރުން، ބޮޑު ޖަމާއަތުގަ އީދު ނަމާދުކުރުން، އީދު ސައި، ފެން ކުޅި، ތިންމުގޯލި، ވާދެމުން، ބައިބަލާ، މަންޑި ކުޅުން، ހިރި ކުޅުން، ކުރުފަލި ނެށުން، މާފަތި ނެށުން، ބަނޑިޔާ ނެށުން، މާލި ޕެރޭޑު، ކޯޑި ކެޑުން، ބޮޑުބެރު، ސުޓޭޖު ޝޯތައް، ބޮޑުމަސް ބޭނުން، އާއިލީ ހަވީރުތައް، މަސް ރޭސް މިހެންގޮސަ ކިޔާނެކަމެއް ނެތެވެ. ނަންހުސްކޮށް އޮތީ ކުޅިވަރެވެ. ކޮބާ ކޮންތާކަށް ދަނީ؟

ދަތުރަށް ފުރުމުގެ ކުރިން އެންމެ ބޮޑު ސަމާލުކަމެއް ދޭންވާނީި މޫސުމަށެވެ. އީދު ތެރޭގައި މޫސުން ވަރަށް ގޯހެވެ. ވައިބާރުވެ, ވިއްސާރަވެ އަދި ކަނޑުތައްވެސް ވަރަށް ގަދައެވެ. ރައްކާވެ ތިބިއްޔާ ދަރުރެވެ.

އީދު މުބާރިކް!

 

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button