އެއްޖިންސުން ގުޅުން ހިންގި މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރުގެ ގާނޫނީ ވަކީލު ކަމުގެ ހުއްދަ ވަގުތީގޮތުން ހިފަހައްޓަން ބާ ކައުންސިލަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ހުށަހެޅީ ގާނޫނީ ވަކީލު އަހުމަދު ތޯލިބެވެ.
ތޯލިބު ބާ ކައުންސިލަށް މިއަދު ފޮނުވި ސިޓީގެ ކޮޕީއެއް ”ބޮންތި“ އަށް ވަނީ ލިބިފައެވެ. އެ ސިޓީގައިވާގޮތުން ނާޒިމް ޝަރުއީ ކޯޓުތަކަށް ހާޒިރުވެ ގާނޫނީ މަސައްކަތް ކުރާނަމަ، ރާއްޖޭގެ ވަކީލުންނާއި ބާ ކައުންސިލާއި މެދު އާންމުން ކުރާ އިތުބާރު ގެއްލި، ފޫ ނުބެދޭ ވަރުގެ ގެއްލުމެއް ލިބިދާނެތީ، އެ މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ބަލަން ޖެހެއެވެ.
ސިޓީގައި ތޯލިބު އެދިވަޑައިގަތީ ނާޒިމްގެ މައުސޫމްކަން ޝަރުއީ ކޯޓަކުން ސާބިތު ކުރެވެންދެން އޭނާގެ ހުއްދަ ހިފަހައްޓާފައި ބާ ކައުންސިލުން ބޭއްވުމަށެވެ.
ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމް ގިރި އާއި ނާޒިމް އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ލީކުވުމާގުޅިގެން ފުލުހުން ވަނީ އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައެވެ. ފުލުހަށް ނާޒިން އެއްފަހަރު ގެންގޮސްފައިވެސް ވެއެވެ. އެކަމަކު ފުލުހުން ބަލަނީ އެ ވީޑިއޯގެ މައްސަލަ ކަމެއް ނުވަތަ ނާޒިމްގެ ވީޑިއޯ ބޭނުންކޮށްގެން ބަޔަކު އޭނާ ބްލެކްމެއިލް ކުރި މައްސަލަ ކަމެއް ނޭނގެއެވެ.
އަލަމް ގިރީގެ ޕާސްޕޯޓުގެ އިތުރުން ޑީއާރުޕީގެ ކުރީގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދުގެ ޕާސްޕޯޓުވެސް ވަނީ މި މައްސަލައިގައި ހިފަހައްޓާފައެވެ.
އެކަހަލަމީޚުންނަކަން ވަކީލުކަމެންއެކަށީގެނެންނުވެ