ޚަބަރުސިޔާސީ

ފަސްޓް ލޭޑީ މުލިއާގެއިން ނިކުންނެވި ވާހަކަ ދޮގެެއް ނުކުރި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ރިޔާސީ ގަނޑުވަރު ކަމުގައިވާ މުލިއާގެ ދޫކުރައްވައި އެކަމަނާގެ ގެކޮޅަށް ބަދަލުވި ވާހަކަ ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލްއަޒީޒު ދޮގުނުކުރެއްވިއެވެ.

ފަޒްނާގެ އަމިއްލަފުޅު ގެ ކަމުގައިވާ މ.ދީފުރަމްއާގެ އަށް ބަދަލު ވެވަޑައިގެންނެވި ކަމަށް އުމަރު ޝުޖާއުގެ ޓުވިޓަރ އެކައުންޓުން ހާމަކުރުމާ ގުޅިގެން ”ބޮންތި“ އިން މަބްރޫކު އާއި ސުވާލު ކުރުމުން އެބޭފުޅާ ވަނީ މެސެޖު ބައްލަވާފައެވެ. އަދި އެއީ ތެދެއްތޯ ސުވާލު ކުރުމުން އެކަން ދޮގެއް ނުކުރައްވައެވެ.

މުލިއާގެ ދޫކޮށް ފަސްޓް ލޭޑީގެ ގެކޮޅަށް ބަދަލުވެއްޖެ ކަމަށާއި،  މިހާރު ދީފުރަމްއާގޭގެ ސެކިއުރިޓީ ބަލަހައްޓަމުން ދަނީ އެމްއެންޑީއެފުންކަން އުމަރު ޝުޖާއުގެ އެކައުންޓުން ވަނީ ބުނެފައެވެ. 

https://twitter.com/umarshujau/status/1557345455541043200?s=20&t=9T__WnwomjycGlPbnRn_cw

އުމަރު ޝުޖާއުގެ އެކައުންޓުން މިކަން ހާމަކޮށްފައިވަނީ ރައީސް ސޯލިހު އަންހެނަކާއެކު ޒިނޭ ކުރާ 4 ގަނޑު ފޮޓޯއެއް ލިބިވަޑައިގެންފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދަކީ ތުއްޕުޅުއިރުއްސުރެން އެކުގައި އުޅުއްވި ދެ ބޭފުޅުންނެވެ.

2 Comments

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button