ތަންފީޒު ނުވާނަމަ ދިވެހި ރާއްޖޭގައި ޤާނޫނެއް ޤަވާއިދެއް ހަދާނެ ކަމެއްނެތް ކަމަށް މާލެ ސިޓީގެ މައްޗަންގޮޅި މެދު ދާއިރާގެ އެމްޑީޕީ ކައުންސިލަރު އަޙުމަދުޟަމީރު ވިދާޅުވެއްޖެއެވެ.
ޟަމީރު މިފަދައިން ވިދާޅުވީ ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ މަޤްސަދު ހާސިލްކުރުމަށްޓަކައި ކުރަންވީ އެންމެ މުހިއްމު އެއްކަމަކީ ޑައިވާޝަންގެ ނިޒާމް ޤާއިމްކޮށްއެނިޒާމް ފައްކާކުރުން ކަމުގައި ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ކުށާއި، ކުށުގެ ނުރައްކަލުން ކުޑަކުދިން ދުރުކުރުވާ ސަލާމަތްކުރުމަށް ކުޑަކުދިންގެ ޤާނޫނުގައި ބަޔާންކުރާ ހުރިހާ ފަރާތްތައް އެކުގައި ގިމަ މސައްކަތްތަކެއްހަލުވިކޮށް ކުރަންޖެހޭކަމަށް ޓްވިޓާގައި މިނިސްޓަރު އިމްރާން ވިދާޅުވުމާއި އެކު ގިނަ ބައެއްގެ ފާޑުކިޔުން އިމްރާނަށް އަމާޒުވެގެން ދިޔައެވެ.
Kusha kushuge nurakkalun kudakudhin dhurukuruva, salaamaiykurumah,kudakudhinge adhuluge qaanoonugai bayaankuraa hurihaa faraaiy thah ekugai gina masahkaiythakeh haluvikoh kuran jehey. https://t.co/jFq8gjnyZo
— Imran Abdulla (@ShimranAb) June 28, 2022
އިމްރާންގެ ޓްވީޓަށް ރައްދު ދެއްވަމުން ޟަމީރު ވިދާޅުވީ ތަންފީޒު ނުކުރެވޭނަމަ ޤާނޫނެއް ޤަވާއިދެއް ހަދާނެ ކަމެއްނެތްކަމަށެވެ. އަދި ޤާނޫނުތަކާއިޤަވާއިދުތައް ހަދާފައި ހުންނަނީ އެއްބަޔަކު އަނެއްބައެއްގެ މައްޗަށް އިނގިލި ދިމާކޮށް ޒިންމާ ނަގާނެ ފަރާތްތައް އޮޅޭގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
Qaanoon eh gavaaidheh hadhaane kameh neiy e kankan thanfeez nukureveyne namaka, eves hadhaafa huhnanee ehbayakau anehbaehge mahchah ingili dhihkoh zinmaanagaane faraiy olheygothah!Qaanoonaa gavaadhu nethigeneh noon mi gaumuge enme kankan hahdhufahana alhaa gohsa mivaneekee,
— xamyr (@AhmedXamyr) June 28, 2022
މީގެ އިތުރުން ޟަމީރު ވިދާޅުވީ މި ޤައުމުގެ އެންމެހާ ކަންކަން ހައްދުފަހަނައަޅާ ދަނީ ޤާނޫނާއި ޤަވާއިދުތައް ނެތިގެން ނޫންކަމަށެވެ.