ޔޯގާ އާއި ދެކޮޅު އިހުތިޖާޖަށް ޖާގަ ދިނިން: ފުލުހުން
މިމަހުގެ 21 ވަނަ ދުވަހު ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި އިންޑިއާ އަދި ދިވެހި ސަރުކާރު ގުޅިގެން ހިންގި ޔޯގާ ހަރަކާތާ ދެކޮޅަށް އިހުތިޖާޖު ކުރަން ޖާގަ ދިން ކަމުގައި ފުލުހުން ބުނެފިއެވެ.
މިއަދު މެންދުރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ މާލޭގައި ކުރާ މުޒާހަރާތަކާއި އެއްވުންތަކަށް ފުލުހުން ފުޅާ ދާއިރާއަކަށް ފުރުސަތު ދެމުންދާ ކަމުގައެވެ. އެގޮތުން އެދުވަހުގެ ފަތިހުވެސް ސުލްހަވެރި އިހުތިޖާޖަކަށް ފުލުން ފުރުސަތު ދިންކަން އޭނާ ފާހަގަކުރެއްވިއެވެ.
”އެކަހަލަ ބިހޭވިއާއެއް ސްޕެސިފިކަލީ އަތުވެދާނެ ކަމަށް ހިއެއް ނުކުރަން.“ ޝުޖާއު ވިދާޅުވިއެވެ.
އޭނާ ހާމަކުރެއްވިގޮތުގައި އިހުތިޖާޖުގެ ބައިވެރިންނަށް ދަނޑަށް ވަދެވުނީ އެތަނުގައި ތިބި ފުލުހުންގެ އަދަދު މަދުވެގެން ނޫނެވެ. އަދި އެ އިހުތިޖާޖަކީ އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދެވެން އޮތް އިމުގެ ތެރެއިން ފުލުހުން ޖާގަ ދިން އެއްވުމެއްކަން ޝުޖާއު ތަކުރާރު ކުރެއްވިއެވެ. އެހެން ނަމަވެސް ކަންކަން ބޮއްސުންލައިގެން ހިނގައިދާނެކަން ކުޑަކޮށްވެސް ހީ ނުކުރައްވާކަމަށް ދޭހަވާ ފަދަ މޭރުކަމުން އޭނާ ވަނީ ވާހަކަ ދައްކަވާފައެވެ.
Gaumuge maslatu fusoo araafadha ehves kamakah sarukaarge ehves baarakun furusatu dinumakee balaiganeveyni kameh noo
ތިޔައީ ފުލުހުން ބަޔަކަށް ޒާތީވެގެން ރާވައިގެން އަނިޔާ ދޭން ކުރިކަމެއތާ!