ޚަބަރު

ޔޯގާ ހަމަނުޖެގުމާ ގުޅިގެން އިތުރު ދެމީހަކު ހައްޔަރު ކޮށްފި

21 ޖޫންގައި ސަރުކާރާއި އިންޑިއާއިން ގުޅިގެން ގަލޮޅު ދަނޑުގައި ކުރިޔަށް ދިޔަ ޔޯގާ ހަރަކާތަށް ބަޔަކު ހުރަސްއެޅި މައްސަލައިގައި އިތުރު ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މަހުގެ ދެވަނަ ދުވަހާއި ތިންވަނަ ދުވަހު ދެމީހަކު ހައްޔަރުކޮށްފައިވާ ކަމުގައެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެކަކުގެ ބަންދަށް 07 ދުވަސް އަދި ދެވަނަ މީހާގެ ބަންދަށް 30 ދުވަސް ޖަހާފައިވެއެވެ.

މި މައްސަލައިގައި ޖުލައި 27 ގައިވެސް ދެމީހަކު ހައްޔަރު ކުރުމަށްފަހު އެކަކު ދޫކޮށްލިއެވެ.

ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ޝެއިޚް އާދަމް ނިޝާން އާއި، ޝެއިޚް ފަޟްލޫން ބިން މުހައްމަދު އާއި، ޕީޕީއެމްގެ އެކްޝަން ޑިޕާޓުމެންޓުގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލްގެ އިތުރުން ގިނަ ބަޔަކު ހައްޔަރު ކޮށް، ދިގު ބަންދުގެ މުއްދަތެއް ވަނީ ޖަހާފައެވެ. ޝަރުތުތަކަކާއެކު ޝެއިޚް ފަޟްލޫން ދޫކޮށްލާފައިވާއިރު، ޝެއިޚް ނިޝާން އާއި މުހައްމަދުގެ އިތުރުން އެ މައްސަލައިގައި މިހާރު ބަންދުގައި ތިބީ 16 މީހުންނެވެ. އެ މައްސަލައިގައި މިހާތަނަށް 10 މީހަކު ދޫކޮށްލިއިރު، އެމީހުން ދޫކޮށްލާފައިވަނީ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތުމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button