ޚަބަރު

ލިވާތު ކުރި މައްސަލައިގެ ތުހުމަތުގައި ހޯމް މިނިސްޓްރީގެ މުވައްޒަފަކު ސަސްޕެންޑު ކޮށްފި

އަލަމްގީރް ނަމަކަށް ކިޔާ ބަންގްލަދޭޝްގެ ފިރިހެނަކާއެކު ގްރޫޕު ހަދައިގެން ލިވާތު ކުރި މައްސަލައިގައި ހޯމް މިނިސްޓްރީގެ މުވައްޒަފަކު ސަސްޕެންޑު ކޮށްފިއެވެ.

ހޯމް މިނިސްޓްރީއިން މީޑިއާތަކަށް މިކަން ކަށަވަރު ކޮށްދީފައިވާއިރު، އެ ވީޑިއޯގައި އަލަމްގީރް އާއި އެއްކޮށް ލިވާތު ކުރުމުގައި ހޯމް މިނިސްޓްރީގެ މުވައްޒަފުގެ އިތުރުން ދެން ފެންނަނީ އިމާދުއްދީން ސްކޫލްގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިން ޓީޗަރެއް ކަމަށް ވެސް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އަލަމްގީރް އާއެކު ލިވާތު ކުރި ކަމުގެ ތުހުމަތުގައި އޭނާ ހިމެނޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު އާއި، ނޮޅިވަރަން ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި, ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ ނަސީރު އިބްރާހިމް އާއި، ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުގެ ސީނިއާ މީހެއް ކަމުގައިވާ ސާޖަންޓް އަބްދުއްރަހުމާން ރަފީއު (ދޮންދިގު) ވަނީ ހައްޔަރު ކޮށްފައެވެ. އެކަމަކު އަލަމްގީރްގެ މައްޗަށް ފުލުހުން ހިންގަނީ ވީޑިއޯތައް ރެކޯޑުކޮށްގެން ބްލެކްމެއިލް ކުރުމުގެ ތަހުގީގެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button