ނާޒިމް ސައްތާރު ކަމަށް ބެލެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާތަން ފެންނަ ވީޑިއޯއެއް އާންމު ވެއްޖެ
ކުރީގެ ރައީސް އަދި މިހާރުގެ މަޖްލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލް އަހުމަދު ނާޒިމް އަބްދުއްސައްތާރު ކަމަށް ބެލެވޭ މީހަކު އެހެން ފިރިހެނަކާއެކު އެއްޖިންސުން ގުޅުން ހިންގާތަން ފެންނަ ވީޑިއޯއެއް އާންމު ވެއްޖެއެވެ.
މިވީޑިއޯއިން ފެންނަ ގޮތުގައި ނާޒިމް ކަމަށް ބެލެވޭ މީހާ އެއް ޖިންސުން ގުޅުން ހިންގަމުން ދިޔައީ ބިދޭސީ ޒުވާން ފިރިހެނަކާއެކުއެވެ. އަދި ވީޑިއޯއިން ސާފުކޮށް އެއީ ނާޒިމްކަމަށް ބެލެވޭ މީހެއްކަން އެނގެއެވެ. އަދި މި ވީޑިއޯވަނީ ރާއްޖޭގެ ހުރިހާ ނޫސްވެރިން ތިބި މީޑިއާ ގުރޫޕެއްގައި ހިއްސާކޮށްފައެވެ.
މިކަމާ ގުޅިގެން ނާޒިމް އަމިއްލައަށްވަނީ މި މައްސަލަ ފުލުހަށް ހުށަހަޅާފައެވެ. ފުލުހުން އެ މައްސަލާގައި ބަލަމުން އަންނަނީ އެ ވީޑިއޯ ގެންގުޅޭ މީހުންނާއި އާންމުކުރާ މީހުން ހޯދުމަށެވެ.
ވީޑިއޯ އާންމުވުމާއި ގުޅިގެން ނާޒިމްވަނީ ޓްވިޓާރ މެދުވެރިކޮށް އެއީ އޭނާ ނޫންކަމަށް ބުނެފައެވެ. މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ނާޒިމަށް އަމާޒުވެފައެވެ.