މިފްކޯގެ ބޯޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިއްޖެ
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޝް ކޮމްޕެނީ (މިފްކޯ) ގެ ބޯޓެއް ކަމަށްވާ ޖަޒީރާ ކެރިއާއިން ގިނަ އަދެެއްގެ މަސްތުވާތަކެތި ފެނިއްޖެއެވެ.
އިތުބާރު ހުރި މަސްދަރަކުން “ ބޮންތި“ އަށް ކަށަވަރުކޮށްދިން ގޮތުގައި މި ބޯޓުން ގިނަ އަދަދެއްގެ ބަނގުރަލާއި ހިކި މަސްތުވާތަކެތި ވަނީ ފެނިފައެވެ. ބަނގުރަލުގެ އިތުރުން ”ފިރިހެންބޭސް“ ކަމަށް ލަފާކުރެވޭ އެއްޗެހިތަކެެއްވެސް ފެނިފައިވާކަމަށް ”ބޮންތި“ އަށް ވަނީ މައުލޫމާތު ލިބިފައެވެ.
ބޮންތި އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓު އެންމެ ފަހުން ދަތުރުކޮށްފައިވަނީ ތައިލޭންޑަށެވެ. އެހެންނަމަވެސް މިވަގުތު ބޯޓު އޮތީ ކޫއްޑޫ ބަނދަރުގެ ބޭރުގައެވެ.
މި ބޯޓުން މަސްތުވާތަކެތި ފެނުމާއި ގުޅިގެން މިވަގުތު ފުލުހުން އަންނަނީ މި ބޯޓުގައި ހަރަކާތްތެރިވަމުންނެވެ. ފުލުހުންގެ އިތުރުން ކަސްޓަމްސްގެ ބޭފުޅުން ވެސް ބޯއްޓުގައި ހަރަކާތްތެރިވާކމުގައި މައުލޫމަތުލިބެއެވެ.
ޖަވާބު ނުދިނުމުގެ ސަބަބުން މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ހޯދުމަށް ”ބޮންތި“ އިން ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.
Firihen beyhah nikah varu hunnaane. Sifainnai fuluhun ehen meehunah manaa vaane.