ޚަބަރުސިޔާސީ

އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް ވަކިކުރުމާއި ދެކޮޅަށް ބެލެނިވެރިން އިހްތިޖާޖު ކޮށްފި

އަރަބިއްޔާ ސުކޫލްގެ ޕްރިންސިޕަލް ވަކިކުރުމާއި ދެކޮޅަށް އެ ސްކޫލުގެ ބެލެނިވެރިން ވެލާނޭގޭ ކައިރީ ސުލްހަވެރި އިހްތިޖާޖެއް މިއަދު ކޮށްފިއެވެ.

ބެލެނިވެރިންގެ އެއްވުން ކުރިޔަށް ދިޔަ ސަރަހައްދަށް ފުލުހުން ގޮސްފައިވާކަމަށް އަރަބިއްޔާ ފެމިލީ ގުރޫފުން މަޢުލޫމާތު ދީފައިވެއެވެ.

އަރަބިއްޔާ ސުކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުއްރަހީމް އެ މަގާމުން ވަކިކޮށް އިސްކަންދަރު ސުކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދާއި އަރަބައިޔާ ހިންގުން ވަގުތީ ގޮތުން ހަވާލުކުރުމުން ބެލެނިވެރިންވަނީ ރޭ ވެސް ނުރުހުން ފާޅުކޮށްފައެވެ.

މީގެއިތުރުން، އަރަބިއްޔާ ފެމިލީ ޓްވިޓާ އެކައުންޓުގައިވާގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލާފައިވާ ސިޓީގެ ޖަވާބު ހޯދަން އަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ ބެލެނިވެރިން ރައީސް އޮފީހަށް ވަތް ނަމަވެސް، އިހްތިޖާޖްގެ ބައިވެރިންނަށް ގްރީން ޒޯނަށް ވަންނަން ފުލުހުން ފުރުސަތު ނުދިންކަމަށްވެސް ވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button