
ނ.ވެލިދޫގެ ފާރުތަކުގަައި މިއަދު “އިންޑިޔާ އައުޓް” މި ސްލޯގަން ޖަހައިފިއެވެ.
ސަރުކާރުގެ އެކި އެކި އިސް މަގާމްތައް ފުރުއްވަމުން ގެންދަވާ ބޭފުޅުންގެ ގެކޮޅުތަކުގައި އަދި ކާރުކޮޅުތަކުގައި ފަހަކަށް އައިސް އިންޑިއާ އައުޓް ގްރެޕިޓީ ޖަހަމުންދެއެވެ. މިއީ އިދިކޮޅު ޕާޓީ ޕީޕީއެމް އިން ރާވައިގެން ކުރަމުން ދާ ކަމެއްގެ ގޮތުގައި ތުހުމަތު ކުރެވުނަސް ވަރަށް ފަހުންވެސް މިފަދަ މައްސަލައެއްގައި އެމްޑީޕީގެ މެންބަރެއް ހައްޔަރު ކުރެވުނެވެ.
އިންޑިއާ އައުޓް ހަރަކާތް އިތުރަށް ފުޅާވެ، ބޮޑުކޮށް ކުރިއަށް ގެންދަން ފެށީ އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ޖަލުން މިނިވަން ވުމަށްފަހުއެވެ.
ރައީސް ޔާމީން ގެންދަވަނީ މިހަރަކާތުގައި އަމަލީގޮތުން ބައިވެރިވެ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ހުއްޓާލުމަށް ކުޑަވެސް ޖާގައެއް ނުދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް ސަރުކާރުން ބުނަމުންދަނީ އެހަރަކާތް ހިންގަން ޖާގަ ނުދޭނެކަމަށެވެ.
މިގޮތުން، އިންޑިއާ އައުޓް ޖަހާފައި ހުންނަ ބެނާތައް ނުދެމޭނެކަމަށް ކަނޑައަޅައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ދެކޮޅަށް ގަރާރު ނެރުއްވި ފަހުންވެސް އާންމުން އަންނަނީ ސްޕެލިން ބަދަލުކޮށްގެން އިންޑިއާ އައުޓް ޝުއޫރު ފާޅުކުރަމުންނެވެ.
ތީ އޭޖީ ކުރި ކަމެށް