ޚަބަރުސިޔާސީ

ރީކޯ މޫސަ ރައީސް ސޯލިހު ފަޅިއަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް 2023 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދެކޮޅަށް ނިކުންނަވާނެކަން އިއުލާނު ކުރެއްވުމާގުޅިގެން މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކް (ރީކޯ މޫސަ) ރައީސް ސޯލިހަށް މަރުހަބާ ދަންނަވައިފިއެވެ.

އެމްޑީޕީ އިސްވެ އޮވެ ކޯލިޝަނަކާއި އެކީ ނުކުމެގެން 2023 ކާމިޔާބު ކުރަށްވާނެ ކަމަށް ރައީސް ސޯލިހު އިއުލާނު ކުރެއްވުމާ ގުޅިގެން މޫސާ ރީކޯ މޫސަ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އެމްޑިޕީ މެންބަރުން އަދި ކޯލިޝަން މެންބަރުންނާގުޅިގެން 2023 ރައީސް ސޯލިހަށް ހޯދައިިނުމަށް ކުރެެވެން ހުރި ހުރިހާކަމެއް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާ ކަމުގައެވެ.

ރައީސް ނަޝީދު ވެސް ވަނީ އެމަނިކުފާނު ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާނު ކުރައްވާފައެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ އިން ޓެކްސް ކްލިއަރެންސް ނުދެނީސް، ރައީސް ސޯލިހް އާއި ގާތް ގުޅުމެއް މިހާރު އޮއްނަ މޫސާ މަނިކުގެ އާއިލީ ކުންފުނިން ހިންގާ ރަހާ ރިސޯޓަށް މިނިސްޓްރީ އޮފް ޓުއަރިޒަމް އިން އޮޕަރޭޓިން ލައިސަންސް ދޫކޮށްފައިވެއެވެ. ރަހާ ރިސޯޓުން ރިސޯޓު ކުލީގެ ގޮތުގައި 2.3 މިލިއަން ޑޮލަރު އަދި ބިމު ކުލި ނުދައްކާތީ ޖޫރިމަނާގެ ގޮތުގައި 5 ލައްކަ ޑޮލަރު ދައްކަންޖެހެއެވެ. ޖުމްލަ 43 މިލިއަން ރުފިޔާ ދައްކަންޖެހޭއިރު އަދިވެސް މި ފައިސާ ދައްކާފައިނުވެއެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަންކަންވެސް ކުރެއްވި ރީކޯ މޫސަ އެޕާޓީއިން ވަކިވުމަށްފަހު ޕީޕީއެމާވެސް ގުޅިވަޑައިގަތެވެ. މޫސަގެ ވިސްނުންފުޅު އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވާ ކަހަލަ ގޮތަކަށް ހުރިކަމަށް ވަރަށް ފަހުން ވިދާޅުވެފައިވެއެވެ.

”އެރު އެމްޑީޕީގެ ސިޔާސަތު ކަމަކު ނުދިޔަ މިހާރު އެމްޑީޕީގެ ސިޔާސަތު އޯކޭ“ މޫސަ ވިދާޅުވެފައިވެއެވެ. 

މޫސަގެ އިތުރުންވެސް ސިޔާސީ އިސް ފަރާތްތައް އަންނަނީ ރައީސް ސޯލިހާއި ގުޅުން ބަދަހި ކުރައްވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button