ޚަބަރު

މަސްތުވާތަކެތީގެ ފަރުވާގެ ނިޒާމް ފެއިލްވެފަ!

ޑްރަގް ކޯޓުން ފަރުވާއަަށް ހުކުމްކޮށް އެހެންނަމެވެސް ފަރުވާގެ ނިޒާމު ފެއިލް ވުމާގުޅިގެން އަނބުރާ ޖަލުތަކަށް ދާންޖެހޭ މީހުން އިތުރުވަން ދާކަމަށް ކަރެކްޝަނަލް ސަވީސް އިން ބުނެފިއެވެ.

އެންޑީއޭ އިސްލާހުކުރަން ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާއި ގުޅޭ ގޮތުން ކަމާއި ބެހޭ ގިނަ އިދާރާތަކެއް އިއްޔެ ހާޒިރުކޮށް ސުވާލުކުރުމަށް ބޭއްވި ކޮމެޓީގައި ވާހަކަ ދައްކަވަމުން ސުޕްރިޓެންޑްޓު އޮފް ޕްރިޒްންސް އިބްރާހިމް ނާޝިދު ވިދާޅުވީ، މަސްތުވާތަކެތީގެ އެކި ކަހަލަ މައްސަލަތަކުގައި މި ވަގުތުވެސް ޖަލުތަކުގައި 556 މީހުން ހުކުމް ތަންފީޒު ކުރަމުންދާ ކަމަށެވެ. މި މީހުންގެ ތެރޭގައި 86 އިންސައްތަ މީހުންނަކީ މަސްތުވާތަކެތީ ބޭނުންކުރާ މީހުންނެވެ.

އޭނާ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކުގައި އުމުރު ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރަމުންދާ 167 މީހަކު ޖަލުގައި އެބަތިބިކަމަށެވެ. މީގެ އިތުރުން ޖަލަށްލާ 60 އިންސައްތަ މީހުންނަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި ގުޅުންހުރި މީހުން ކަމަށާއި މީގެ ތެރޭގައި ގިނައީ 35 އަހަރުން ދަށުގެ ޒުވާނުން ކަމަށެވެ.

ނާސިރު އިތުރަށް ވިދާޅުވީ ޑްރަގް ކޯޓުން ފަރުވާއަށް ހުކުމްކޮށް ފަރުވާއިން ފެއިލްވެގެން ޖަލަށް އަންނަ މީހުންގެ އަދަދު އިތުރުވަމުންދާކަމަށެވެ. އެގޮތަށް ޖަލަށް ގެނެސްފައިވާ 298 މީހުން އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

ފުލުހުން އިއްޔެ ކޮމެޓީގައި ވިދާޅުވިގޮތުގައި މަސްތުވާތަކެތީގެ ވަބާގައި ޖެހި މަގުމަތިވެފައިވާ މީހުންގެ ތެރެއިން 335 މީހުންނަކީ ޑްރަގް ފަރުވާ ބޭނުންވާ އެހެންނަމަވެސް ފަރުވާ ނުދެވިފައިވާ ފަރާތްތަށްކަމަށް ވިދާޅުވިއެވެ.

އިއްޔެގެ ކޮމެޓީގައި މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަންޖެހޭ ދައުލަތުގެ އިދާރާތަކުން މި މައްސަލަ ހައްލުކުރުމުގައި ވަރަށް ބޮޑަށް ފެއިލްވެފައިވާ ކަމަށް ކޮމިޓީގެ މެންބަރުންވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button