ޚަބަރު

ފިޔަވަތީގެ ކުދިންތަކަކަށް އަނިޔާކުރި މައްސަލަ އެޗްއާރްސީއެމުން ބަލަނީ

ހުޅުމާލޭގައި ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިފާ ކުދިން ބަލަހައްޓާ ފިޔަވަތީގައި ކުދިންތަކަކަށް އެތަނުގެ މުވައްޒަފުން އަނިޔާކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

ރޭ ދަންވަރު ފިޔަވަތީގައި އުޅޭ ކުޑަ ކުދިންތަކެއް ރޯއަޑު އިވިގެން ކަމަށް ބުނެ ބައެއް މީހުން އެތަނަށް އެއްވެފައިވާ ވީޑިއޯ އެއްވެސް ވަނީ މީސް މިޑިއާގައި އާއްމުވެފައެވެ.

މިކަމާ ގުޅިގެން ފުލުހުން ވިދާޅުވިގޮތުގައި ފިޔަވަތީގައި މުވައްޒަފުން ކުދިންނަށް އަނިޔާކުރި މައްސަލައެއް ރިޕޯޓު ކޮށްފައި ނުވެއެވެ. ނަމަވެސް އެތަނަށް މީހުން އެއްވެގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން ދިޔަ ކަމަށާއި ނަމަވެސް އޭރު އެތަނުގައި މީހަކު ނެތް ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާއި ގުޅިގެން ޖެންޑާ މިނިސްޓްރީގެ އަދި އެއްވެސް އެއްޗެކޭ ވިދާޅެއްނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button