ޚަބަރު

ސިއްހީ ހިދުމަތުގެ ފެންވަރުދަނީ ދަށަށް: އެމްޑީޕީ މެންބަރުން

ރާއްޖޭގެ އެކި ކަންކޮޅުތަޖުގައި ދެމުން ގެންދާ ސިއްހީ ހިދުމަތުގެ ފެންވަރު ދަނީ ދުވަހެއް ދުވަހަކަށް ދަށްވަމުންކަމަށް ރައްޔިތުން މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ބައެއް މެންބަރުން މިފަދައިން ވާހަކަ ދައްކަވާފައި މިވަނީ ނޮޅިވަރަމްގައި ކޮވިޑް-19 ފެތުރިފައި ވާއިރު އެ ރަށުގައި ސިއްހީ ހިދުމަތް ދޭނެ ވަސީލަތްތައް ނެތުމުން އެ ވަސީލަތްތައް ފޯރުކޮށްދޭން ގޮވާލައި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހުށަހެޅުއްވި ކުއްްލި މައްސަލައިގެ ބަހުސްގައެވެ.

އެގޮތުން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ވިދާޅުވީ މިހާރުގެ ސަރުކާރު އައުމަށް ފަހު މިވީ ދެ އަހަރުގެ ތެރޭގައި ވެސް ފުވައްމުލަކުގެ ސިއްހީ ނިޒާމު އިތުރަށް ރަނގަޅު ނުވާ ކަމަށެވެ. މީގެ އިތުން މެންބަރު ހުސެން ވިދާޅުވީ ރާއްޖޭގެ ރައްތަކުގައި ޑޮކްޓަރުންގެ ދަތިކަން އިންތިހާއަށް ބޮޑުކަމަށެވެ. އަދި ސިއްހީ ނިޒާމު ރަނގަޅު ނަމަ ދައުލަތުން ކުރަން ޖެހޭ ހޭދަވެސް ކުޑަވާނެ ކަން ފާހަގަ ކުރައްވާ މެންބަރު ހުސެއިން މުހައްމަދު ދީދީ ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ ސިއްހީ ދާއިރާގެ އިންފްރާސްޓްރަކްޗާ ރަނގަޅުކުރަން ސަރުކާރުން ބޮޑު ހަރަދެއް ކުރަމުން އަންނަ ކަމަށާއި ނަމަވެސް ރަނގަޅު ހިދުމަަތްތައް ދެވޭ ތަނެއް އަދި ނުފެންނަކަމަށެވެ.

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވީ އޭނާގެ ދާއިރާގެ ރަށްރަށުގައި އެމްބިއުލާންސް ނެތިގެން ރަށުޕިކަޕް ގައި ބަލިމީހުން އުފުލާ މަންޒަރު ފެންނަ ފޮޓޯތައް ގިނަގިނައިން ލިބިވަަޑައިގަންނަވާ ކަމަށެވެ. އެއީ ބަލަން އުނދަަގޫ މަންޒަރެއް ކަމަށާއި އެކަން ހެލްތު މިނިސްޓްރަށާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރާ ވެސް ހިއްސާ ކުރައްވާފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

”މި ދަނީ އެއް ރަށަަށް ވުރެ އަނެއް ރަށުގެ ހާލަތު ނިކަމެތިވަމުން. އަދި ހާއްސަ ގޮތެއްގައި ސިއްހީ ހާލަތު މި ދަނީ ނިކަމެތިވަމުން.“ މެންބަރު ޝަފީގް ވިދާޅުވިއެވެ.

އަތޮޅުތަކުގައި ކޯވީޑް-19ގެ ހާލަތު ގޯސްވެފައިވާއިރު ރަށްރަށުގައި ރަނގަޅު ސިއްހީ ނިޒާމެއްނެތުމުން ރައްޔިތުންވެސް ވަނީ އެކަމާ ކަންބޮޑުވުމް ފާޅުކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button