ޚަބަރުސިޔާސީ

މެންބަރު ރާޝިދު ރައީސް ނަޝީދަށް: ޑިމޮކްރަސީގެ ދޮން ބަފަޔަށް ވެގަނެގެން ގައުމު ހަލާކު ކުރަން އުޅޭނެ ކަމެއް ނެތް!

ޑިމޮކްރަސީގެ ބައްޕަ ކަމަށް ދައުވާކޮށްގެން އުޅުއްވިޔަސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ޑިމޮކްރަސީގެ ނުލަފާ ދޮންބައްޕައެއް ކަމަށާއި، ރައީސް ނަޝީދު އުޅުއްވަނީ ގައުމު ހަލާކުގެ ތެރެއަށް ވައްޓަވާލަން ކަމުގައި ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރާޝިދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާގައި ރައީސް ނަޝީދަށް 2021 ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ 20:20 އެހާކަންހާއިރު، ކެނެރީގޭ ކައިރިން ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ވާހަކަތައް އެމަނިކުފާނު އިސްވެ ހުންނަވައިގެން އަލަށް އުފެއްދެވި ”ދަ ޑިމްކްރެޓްސް“ ގެ މެންބަރުން ދައްކަވައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވުމާ ގުޅިގެން މެންބަރު ރާޝިދު ވިދާޅުވީ ނަޝީދު އުޅުއްވަނީ ވެެރިކަމާހެދި މޮޔަފުޅުވެގެން ކަމުގައެވެ.

”އަޅުގަނޑުމެން ނުދޭނަން އެ ފުރުސަތެއް. ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން އަޅުގަނޑުމެން މިދަނީ ކުރަމުން. ރައީސް ސޯލިހަށް ނުކޮށްދެވޭ ކަންކަމުގެ ވާހަކައެއް ނޫން ދައްކަންވީ.“ ރާޝިދު ވިދާޅުވިއެވެ.

މެންބަރު ރާޝިދު ފާހަގަކުރެއްވިގޮތުގައި ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ ރައީސް އިބްރާހީމެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button