ޚަބަރު

ރައީސް ޔާމީން ޖަލަށް ބަދަލު ކުރަން އަދި ނުނިންމަން: ކަރެކްޝަންސް

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އީދު ބަންދަށް ފަހު ޖަލަށް ބަދަލު ކުރަން ނިންމާފައި ނުވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހަންމަދު ފުޅުއާއި ހަވާލާދީ އޮންލައިން ނޫހެއްކަމަށްވާ ”ރާއްޖެ އެމްވީ“ ގައި ރިޕޯޓް ކޮށްފައިވަނީ އީދު ބަންދަށް ފަހު ރައިސް ޔާމީން އަނބުރާ ޖަލަށް ގެންދާނެ ކަމަށެވެ. ނަމަވެސް ”ބޮންތި“ އަށް މައުލޫމާތު ދެމުން ކަރެކްޝަނުން ބުނީ ޔާމީން ޖަލަށް ބަދަލު ކުރާނެ ތާރީހެއް އަދި ނުނިންމާ ކަމަށެވެ.

އެކަމުގެ މަޝްވަރާތަށް އަންނަނީ ކުރަމުން. އަދި އެކަމުގަ ގޮތެއް ނުނިންމަން. ކަރެކްޝަންސް.

މިކަމާ ގުޅިގެން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވިގޮތުގައި ރެއާއި ދުވާލު މަގުތަކުގައި މުޒާހަރާ ކޮށްގެންވެސް ރައީސް ޔާމީން މިނިވަން ކުރަން ދިވެހިން ތިބީ ތައްޔާރަށެވެ.

ރައީސް ޔާމީން ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ 28 ނޮވެންބަރި 2019 ގައެވެ. އެމަނިކުފާނު ގެއަށް ބަދަލު ކުރެވުނީ މާފުށީ ޖަލުގައި ކޯވިޑު-19ގެ ހާލު ގޯސް ވުމާއި ގުޅުގެންނެވެ.

ގިނަ ފަރާތްތަކުން ބުނާ ގޮތުގައި ރައީސް ޔާމީނަށް އުފުލާފައިވަނީ ސިޔާސީ ދައުވާ އެކެވެ. އަދި އިންސާފުވެރި ޝަރީއަތެއް ކުރިއަށް ގެންގޮސްފި ނަމަ އެމަނިކުފާނު މިނިވަން ވާނެކަމަށް ގިނަބަޔަކު ދެކެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button