ޚަބަރުސިޔާސީ

ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމާއެކު ޖޭޕީން ކޯލިޝަން ހެދުމަށް އެދުނު ސަމީރު އެ ޕާޓީން އިސްތިއުފާ ދެއްވައިފި

ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމަށް ތާއީދުކުރައްވައި، އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެންމެ ބޮޑަށް ބާރުއެޅުއްވި، ރައީސް އޮފީހުގެ މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ކަމުގައިވާ އަޙްމަދު ސަމީރު ޖުމްހޫރީ ޕާޓިން އިސްތިއުފާ ދެއްވައިފިއެވެ.

ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށްޓަކައި، އެކަމުގެ ބާރު ޖުމްހޫރީ ޕާޓީގެ ކައުންސިލަށް ދީފައިވެއެވެ. އަދި އެ ބާރުގެ ބޭނުންކޮށް، ރައީސް އިބްރާހިމްގެ ފަރާތްޕުޅުން ޖުމްހޫރީ ޕާޓީއަށް ރިޝްވަތު ހުޝަހެޅުއްވި އަހްމަދު ސަމީރު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެބޭފުޅާ ތާއީދު ކުރައްވަން ނިންމަވާފައިވަނީ ރައީސް އިބްރާހިމް ސާލިހަށެވެ. މިކަން މިހެން އޮއްވައި ޖުމްހޫރީ ޕާޓީގައި ހުންނެވުމަކީ ރަނގަޅުގޮތްކަމަށް ދެކެވަޑައިނުގަންނަވާކަމަށް އެބޭފުޅާ ވިދާޅުވެފައިވެއެވެ.

ރިޔާސީ އިންތިހާބުގައި އަމަލުކުރާނެގޮތެއް ކަނޑައެޅުމަށްޓަކައި އެޕާޓީގެ ކައުންސިލުގައި އިއްޔެ ނެގި ވޯޓުގައި، ރައީސް އިބްރާހިމަށް ތާއީދުކޮށް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ތާއީދުކުރެއްވީ މިނިސްޓަރު ސަމީރު އެކަންޏެވެ. ޖުމްހޫރީ ޕާޓީން ވަކިން އިންތިހާބުގައި ވާދަކުރައްވަން ނިންމާފައި މިވަނީ، ރައީސް އިބްރާހިމް މުހައްމަދަށް ތާއީދުކޮށް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށްއެދި ރައީސް އިބްރާހިމް ޖުމްހޫރީ ޕާޓީއަށް ގިނަ ދައުވަތުތަކެއް ދެއްވާފައި ވަނިކޮށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button