ފުލުހުންގެ ފަރާތުން ނުހާއަށް ފުރައްސާރައާއި އަނިޔާތަކެއް

ޖަލަށް ލާފައިވާ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި ރޭ އިދިކޮޅުން ބޭއްވި މުޒާހަރާގައި ޒުވާން އަންހެނަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަން ހާމަވެއްޖެއެވެ.
ނުހާ ނަމަކަށް ކިޔާ ޒުވާން އަންހެނަކު ވަނީ މުޒާހަރައިގައި ބައިވެރިވެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާފައެވެ. ނުހާ ހައްޔަރު ކުރުމުގެ ކުރިން އެސްއޯ ޕޮލިހެއް ނުހާގެ މޫނުމަތީގައި ޖެހި ކަމަށް އޭނާ ވަނީ ”ބޮންތި“ އަށް ކިޔައިދީފައެވެ.
Member of progressive youth movement “Nuha” giving information to @BonthiNews about a special operation officer hitting her on the face. This was right before she got arrested by a bunch of SO cops. pic.twitter.com/L3Zjkkr9t9
— Aishath Najaa (naj) (@glamenough) March 13, 2023
ނުހާ ހައްޔަރުކޮށްފައި ވަނީ ”ބޮންތި“ އަށް މިވާހަކަތައް ކިޔައިދިންތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ. ފުލުހުންގެ ހާލަތާއި ނުބައްދަލުގެ ބާރުތަކާއި އަނިޔާވެރިކަމާއި ކޮންމެ ރެޔަކު މުޒާހަރާއިގެ ބައިވެރިން ދަނީ ކުރިމަތިލަމުންނެވެ.
ފުލުހުން ނުހާ ހައްޔަރުކުރި އިރު ނުހާގެ ހެދުން އޮތީ ވަރަށް ބޮޑަށް ހިއްލި، ގައިގެ ވަރަށް ބޮޑުބައި ހާމައަށެވެ. މުޒާހަރައިގެ ބައިވެރިން ވެސް ގޮވަމުންދިޔައީ ނުހާގެ ހެދުން ތިރިކޮށްލަދިނުމަށެވެ. ނަމަވެސް ފުލުހުން ނުހާ ދަމާފަ ގެންގޮސް ލީ ފުލުސް ވޭނަށެވެ.
ނުހާ ހައްޔަރު ކުރި އިރު ނެގިފައިވާ ވީޑިއޯތައް އެކި ފަރާތްތަކުން ދަނީ ޓްވިޓާގައި އާންމުކުރަމުންނެވެ.
Maldivian girl was dragged with her clothes lifted, exposing her, by Maldivian Police. This is unacceptable and a clear violation of human dignity. Authorities must be held responsible and accountable for their actions. @hrcm @TransparencyMV @amnesty @UNHumanRights @EU_Commission pic.twitter.com/C8ZKsqTH45
— Mohamed Ismail (@MPMohdIsmail) March 13, 2023
ހައްޔަރު ކުރިތާ މާ 35 މިނެޓް ތެރޭ ނުހާ ވަނީ އައިޖީއެމް އެޗަށް އެމަޖެންސީ ހާލަތުގައި ގެންގޮސްފައެވެ. ނުހާގެ ހާލަތު ގޯސްވެ، މުޅި މީހާގެ ހާލު ދެރަވެފައިވާއިރު، ހޮސްޕިޓަލް ތެރޭ ވެސް ފުލުހުން ދިޔައީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންނެވެ.
ނުހާގެ އާއިލާ އަށް އޭނާއާއި ބައްދަލު ކުރުމުގެ ފުރުސަތު ނުދިން ތަނުގަައި ކުޑަމިނުން ނުހާގެ ހާލަތު ވެސް ރަނގަޅަށް ބަޔާން ކޮށްދީފައި ނުވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
Now @PoliceMv is denying entry for her family to see her condition. They are trying to hide the fact that she has bruises on her body that were inflicted by them when they tried to detain her unlawfully. Why deny her family to see their own daughter? Unacceptable.@hrcmv… https://t.co/Lgbe3yJ1tY pic.twitter.com/HKg6QLtjzp
— Zaiyn Hassan 🇲🇻 (@zaiynhassan) March 13, 2023
ފުލުހުން ވަނީ ނުހާ ތިންވަރަކަށް ފަހަރު ބިންމައްޗައް ވައްޓާ، ދަމާފަ އެވެ. އަދި ވެހިކަލް އަށް އެރުވި ގަޑީ ނުހާގެ ބޯ ވެހިކަލްގައި ޖެހިފައިވާ ކަމަށް މަންޒަރު ދުށް އެކި ފަރާތްތަކުން ވަނީ ”ބޮންތި“ އަށް ކިޔައިދީފައެވެ.
Sulha verikamaa eku Adu Ufilamun dhanikoh Aniyaaverikamaa eku hayyarukuri NUHA ah IGMH ga dhanee faruvaa dhemun @PoliceMv @hrcmv @ShimranAb pic.twitter.com/w6MhSKC3QM
— Mohamed Ismail (@MPMohdIsmail) March 13, 2023