ޚަބަރު

މިއީ ދިވެހިންގެ ގައުމީ ރޫހު އުވާލަން މި ސަރުކާރުން މަސައްކަތްކުރާ ފުރަތަމަ ފަހަރެއް ނޫން: މާއިލް

މިއީ ދިވެހިންގެ ގަައުމީ ރޫހު އުވައިލުމަށް މި ސަރުކާރުން މަސައްކްތްކުރާ ފުރަތަމަ ފަހަރު ނޫން ކަމަށް ޕީޕީއެމްގެ ސެނެޓަރު ހަސަން މާއިލް އަލީ ވިދާޅުވެއްޖެއެވެ.

މާއިލް ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ, ހަރަދު ކުޑަކުރުމުގެ ނަމުގައި ގައުމީ ދުވަހުގެ ފުޅަނދުބުރާއި, އެހެނިހެން ހަރަކާތްތައް ސަރުކާރުން ކެންސަލްކުރި ނަމަވެސް, މިދިޔަ ހަފްތާގައިވެސް ސަރުކާރުން އެތައް ސިޔާސީ މަގާމުތަކެއް ދީފައިވާކަމަށެވެ. އަދި މިއީ ދިވެހިންގެ ގައުމީ ރޫހު އުވައިލުމަށް ކުރާ މަސައްކަތެއް ކަމަށާއި, މިއީ މިސަރުކާރުން މި މަސައްކަތް ކުރާ ފުރަތަމަ ފަހަރު ނޫންކަމަށް މާއިލްގެ މި ޓްވީޓުގައި ވިދާޅުވިއެވެ.

މީގެ އިތުރުން މާއިލް ފާހަގަކުރެއްވި ގޮތުގައި, މިއީ އެމްޑީޕީއަށް ނިސްބަތްވާ ސަރުކާރެއް އައިސްފިނަމަ އަބަދުވެސް ހިނގާ ކަމެއް ކަމަށާއި, 2008 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާއި ދެމެދު ރައީސް ނަޝީދުގެ ވެރިކަމުގައި ނަސްރުގެ ދުވަސް ފާހަގަކޮށްފައިނުވާކަންވެސް މާއިލް ފާހަގަކުރެއްވިއެވެ.

ހަމަ އެހެންމެ އެދުވަސްވަރު ގައުމީ ދުވަސް ފާޙަގަކުރުމުގައިވެސް ”ކުރީމޭ“ ބުނާ އުސޫލުން ކުލަމަޑުކޮށް ފާހަގަކޮށްފައިވާކަމަށާއި. 2018 ވަނަ އަހަރު ”ވަގަށް“ އައި ސަރުކާރުންވެސް ފެންނަމުންދަނީ މިސިފަތައް ކަމަށް މާއިލް ވިދާޅުވިއެވެ.

މާއިލް މިފަދައިން ވިދާޅުވެފައިވާއިރު, މީގެ ކުރިން ސަރުކާރުން ވަނީ ގައުމީ ދުވަހުގެ މުނާސަބަތުގައި ފުޅަނދުބުރާއި ޕެރޭޑުގެ އިތުރުން ހަވާއެރުމުގެ ހަރަކާތެއްވެސް ކުރިއަށްގެންދާނެ ކަމަށް އިއުލާންކޮށްފައެވެ. އެހެން ނަމަވެސް ފަހުން ވަނީ ހަރަދުކުޑަކުރުމަށް ކަމަށް ބުނެ ފުޅަނދުބުރާއި ހަވާ އެރުވުމުގެ ހަރަކާތް ކެންސަލް ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button