ލިވާތު ކުރާ މީހުންނަކީ މުޅި އިންސާނިޔަތަށް ހުރި ބަލާ އާފާތެއް: އަލީ ރަމީޒް

ލިވާތު ކުރާ މީހުންނަކީ މުޅި އިންސާނިޔަތަށް ހުރި ނުރައްކަލެއް ކަމަށް ސިފަވާ އިބާރާތަކުން ސަލަފް ޖަމިއްޔާގެ އޮޕަރޭޝަންސް މެނޭޖަރު އަލީ ރަމީޒް ކުރެއްވި ޓުވީޓްއެއްގައި ވިދާޅުވެއްޖެއެވެ.
އަލީ ރަމީޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލިވާތު ކުރާ މީހުންނަކީ މުޅި އިންސާނިޔަތަށް ހުރި ބަލާ އާފާތެއް ކަމުގައެވެ. އެފަދަ އާފާތްތަކުން ގައުމު ސަލާމަތް ކުރުމަކީ ލާޒިމް ކަމެއްގެ ގޮތުގައި އެބޭފުޅާ އެކަން ސިފަކުރެއްވިއެވެ. އަދި ޝަރުއީ ގޮތުން އެކަމަށް އޮންނަ އުގޫބާތް އެމީހުންގެ މައްޗަށް ތަންފީޒް ކުރަން ޖެހޭކަން އަލީ ރަމީޒު ފާހަގަކުރެއްވިއެވެ.
Livaathu kuraa meehunnakee mulhi insaaniyyathah huri balaa aafaatheh, efadha aafaaiy thakun gaumu salaamai kurumakee laazimu kameh. Sharu’ee gothun ekamah onna ‘ugoobaaiy emeehunge machchah thanfeezu kuran jehey.
— Ali Rameez (@aliramyz) July 26, 2022
ދާދި ފަހުން އެއްޖިންސުން ގުޅުންހިންގާ ގިނަ އަދަދެއްގެ ބައެއްގެ ފޮޓޯ އާއި ވީޑިއޯ ވަނީ މީސް މީޑިއާގައި އާންމުވެފައެވެ. އެހެންނަމަވެސް މިވީހާތަނަށް ސަރުކާރުގެ ކަމާބެހޭ އެއްވެސް ފަރާތަކުން މިކަމަށް އެއްވެސް ހަރުދަނާ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
ނާގާބިލުބަޔަކު ސަރުކާރުހިންގަން ހަވާލުވެގެން އުޅޭތީ ފާހިޝު ކަންކަން ކުރަމުން ހައްދުފަހިނައަޅާމިދަނީ
އިސްލާމީ ސަރީއަތް ތަންފީޒު ނުކުރެވެންޏާ ގާޒީން އިސްތިއުފާދީ