ޚަބަރުސިޔާސީ

2023 ގެ ރިޔާސީ އިންތިހާބުގައި މާރިޔާގެ ތާއީދު ރައީސް ސޯލިހަށް

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ތާއީދު ކުރައްވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކަމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ މިއަދު ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.

”ރައީސް ސޯލިހަކީ ކެތްތެރި، ކުޅަދާނަ، އިހުލާސްތެރި، ކަންކަން އަޑުއައްސަވާ އެހެން މީހުންގެ ޚިޔާލު ބަލައިގަންނަ އަދި ކަންކަން ނިންމެވުމުގައި ވަރަށް ވެސް ގާބިލް ބޭފުޅެއް.“ މާރިޔާ ވިދާޅުވިއެވެ.

އެންމެފަހުން ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާސީ ދެވަނަ ދައުރަކަށް ރައީސް ސޯލިހް ކުރިމަތި ލައްވާނެ ކަމަށާ އަދި ދެވަނަ ދައުރެއް ބޭނުންވާނަމަ، އެމަނިކުފާނާއެކީ ތިބުމަކީ އެންމެ ރަނގަޅު ”ޗޮއިސް“ ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މީގެކުރިން އިއުލާނު ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button