އިންޑިއާގެ ބައެއްގެ ގޮތުގައި ރާއްޖެ ބަދަލުވުމަށް އޮތީ ކުޑަ ވަގުތުކޮޅެއް ކަމުގައި އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.
މަވެސް ޕީޕީއެމްގެ ނަމުގައި މިރޭ ޕީޕީއެމް އޮފީހުގައި ކުރިޔަށްދާ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުަރަ މޯދީ ގާތަށް ދިވެހިން ނާށިގަނޑު ހިފައިގެން ސަލާން ޖަހަން އަންނަކަމުގައި އެގައުމުގެ އިސް މީހުން ބުނަން ފަށައިފިކަމުގައެވެ.
”އަނެކަކު ލިޔަނީ ދިވެހިރާއްޖެއަކީ ޒަމާންތަކެއް ކުރިން އިންޑިއާގެ ބައެކޭ. އެހެންވީމަ އިޓްސް އެބައުޓް ޓައިމް (ދެން އެކަން އެހެންވާން އޮތީ ވަގުތުކޮޅެއް) މިވަރުވީމަ ކީއްވެގެންތޯއޭ މިހާރު ތިބި ވެރިންނަށް މި އިހުސާސްތައް ރައްޔިތުންނަށް ކިޔައިދޭން ނުކުރެނީ.“ ރައީސް ޔާމީން ވިދާޅުވިއެވެ.
އިންޑިއާ އައުޓޭ ބުނުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިތުރަށް ދައްކަވާނެ ވާހަކަފުޅެއް އޮވެގެން ނުވާނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޔާމީން ވިދާޅުވިގޮތުގައި އެހެން ގޮވަން ޖެހެނީ ކިއްވެގެންކަން ރައީސް ސޯލިހަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ.
”މިއުޅެނީކީ މިތާ ތިބި ޑޮކްޓަރުންނާއި ނަރުހުންގެ ވާހަކައެއް ދައްކާކަށް ނޫނޭ. މިތާ އަޅުގަނޑުމެންގެ ކަނބަލުން ކޮންމެ ރެއަކު ކުރާ މަސައްކަތުގައި ޖަލަށް އެބަ ގެންދޭ. 24 ގަޑިއިރު، ނޫނީ އަނެއް ދުވަހު ކޯޓު އޯޑަރެއް ހޯދައިގެން ހައްޔަރަށް ލާން އުޅޭ.“ ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ އިންޑިއާގެ ނަރުހުންނާ ޑޮކްޓަރުންނަށް އެޕާޓީއަށް ނިސްބަތްވާ ބަޔަކު ފުރައްސާރަ ކޮށްފައި އޮތް ނަމަ އެފަރާތްތައް ހައްޔަރުކުރާނެ ކަމަށާއި، އިންޑިއާގެ ސަފީރު މުނޫ މަހާވަރު ލޮލުފިޔައެއް ވެސް ޖަހާނުލައި ރައީސް އޮފީހުން ނުނިކުންނަވައި އެތަނުގައި އިންނަވާނެ ކަމުގައެވެ.
”ކޮބައިތޯ އެމީހުންގެ މައްޗަށް އުފުލުނު ޖިނާއީ ދައުވާއަކީ. ކުރި ތަހުގީގެއް ކޮބައިތޯ. ރައީސް ސޯލިހު އެ އުޅުއްވަނީ ރައީސް ސޯލިހަށް ކޯއްޗެއް ވިއްކަވަންތޯ. މިތާ އުޅޭ (އިންޑިއާގެ) ހިދުމަތްތެރިންނަށް ބިރުދައްކަވަނީ ތޯ. މިތާ ބިރު ރައްދުވަނީ ކޮންބަޔަކަށްތޯ.؟ ޔާމީން ވިދާޅުވިއެވެ.
އިންޑިއާ އައުޓު ކެމްޕެއިނަށް ނިކުންނަ 50 އަށްވުރެ މަދު މީސްކޮޅަކާ ކުރިމަތިލުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އަދި ރައީސް ސޯލިހުގެ ޅިޔަނު މުހައްމަދު ހަމީދުގެ އޯޑަރަށް ފުލުހުން ނިކުމެ ރަހުމު ކުޑަ ގޮތަކަށް އަމަލު ކުރާއިރު، އިންޑިއާ ޓީޗަރުން ބިރުގަންނަ ކަމަށް ދައްކާ ވާހަކައިގެ ހަގީގަތް އެނގެންޖެހޭކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
”ބިރުގަންނަނީ ސޯލިހު. އެމީހުން ބިރުގަންނާތީ ރައްޔިތުން އެއްވިޔަ ނުދެނީ.“ ރައީސް ސޯލިހު
މިއީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާ ދެކޮޅަށް އިދިކޮޅުން އިސްނަގައިގެން ކުރިޔަށް ގެންދާ ”އިންޑިއާ އައުޓު“ ކެމްޕެއިންގެ ސަބަބުން ޖެހިލުންވާ ބަޔަކު ނިކުމެ އެހެން މަންޒަރެއް ދެއްކުމަށް ކުރާ މަސައްކަތުގެ ހަގީގަތް ރައީސް ޔާމިން ހާމަކުރެއްވި ފުރަތަމަ ފަހަރެވެ.