ޚަބަރު

އަޅުގަނޑަށްވެސް މިގޮވެނީ އިންޑިއާ އައުޓް ދެއްތޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔް ނޫސްވެރިންނާ ބައްދަލުކޮށް ދެއްވި ބަސްދީގަތުމުގައި “އިންޑިއާ އައުޓް” މިހެން ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މި އިބާރާތް ބޭނުންކުރެއްވީ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އަދި ދެ ފަހަރަކު އެހެން ވިދާޅުވުމަށްފަހު އެމަނިކުފާނަށްވެސް އެހެން ކިޔެނީ ކަމަށް ވިދާޅުވިއެވެ.

އިންޑިއާ އައުޓް ހަރަކާތާ ގުޅިގެން ރައީސް ސާލިހި ވިދާޅުވީ އެހަރަކާތަކީ ސީދާ އިންޑިއާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަރަކާތެއް ކަމަށެވެ. އަދި އެހަރަކާތުގެ ތެރެއިން، އިދިކޮޅުން ރާވައިގެން ދިވެހިރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނަށް ފުރައްސާރަ ކުރަމުންދާކަމަށެވެ.

ރައީސް ސާލިހު މިފަދައިން ވިދާޅުވި ނަމަވެސް މިހާތަނަށް ރައީސް ފާހަގަކުރެއްވި އެއްވެސް ކަމެއްގައި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ އެއްވެސް ފަރާތެއް ހައްޔަރުކުރެވިފައެއް ނުވެއެވެ. އަދި އެފަދަ ކަމަކާ ގުޅިގެން އެންމެ ފަހުން ހައްޔަރުކުރެވުނު ފަރާތްވެސް ނިސްބަތްވަނީ ރައީސްގެ ޕާޓީ އެމްޑީޕީއަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button