ރައީސް ޔާމީންގެ ޝަރީއަތް މާދަމާއަށް ތާވަލްކޮށްފި

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ވ.އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅޭގޮތުން ކުރާ ދައުވާގެ ކެންސަލް ކުރެވުނު އަޑުއެހުން މާދަމާއަށް ތާވަލްކޮށްފިއެވެ.
ރައީސް ޔާމީންގެ މައްސަލައިގެ އަޑުއެހުން އޮންނާނީ ހަވީރު 4:00 ގައެވެ. މި އަޑުއެހުން ކްރިމިނަލްކޯޓުގެ ޔޫޓިއުބް ޗެނަލުން ލައިވް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މިއަޑުއެހުން އެންމެ ފުރަތަމަ ބާއްވަން އޮތް ތާރީހުގައި ކެންސަލް ކުރެވުނީ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް އާލާސްކަންފުޅާ އުޅުއްވާތީއެވެ.
މިދައުވާތަކުގެ އަޑުއެހުންތައް ފެށުނު ހިސާބުން ރައީސް ޔާމީންގެ ފަރާތުން އަޑުއެހުންތައް ލައިވް ކުރުމަށް އެދިފައިވީނަމަވެސް، ކޯޓުން އެކަމަށް ހުއްދަ ދެއްވާފައެެއް ނުވެެއެވެ. މާދަމާއަކީ އާރަށުގެ މައްސަލައިގައި ރާއީސް ޔާމީންގރ މައްޗަށް އުފުލާފަވާ ދައުވާތަކުގެ އަޑުއެހުން ލައިވްކުރާ ފުރަތަމަ ފަހަރެވެ.