ޚަބަރުސިޔާސީ

ގެދޮރު ފޯރުކޮށްދިނުމުގެ ވިޔަފާރި ސަރުކާރުން ހުއްޓާލަން ޖެހޭ: އަސްލަމް

އްޖޭގައި ގެދޮރު ފޯރުކޮށްދިނުމުގެ ވިޔަފާރި ސަރުކާރުން ކުރުން ހުއްޓާލަންޖެހޭ ކަމަށް ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާލުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ 45 ވަނަ އިފޯޕްކާ ކޮންވެންޝަން ގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ރާއްޖޭގައި ގެދޮރު ފޯރުކޮށްދިނުމުގެ ވިޔަފާރި ސަރުކާރުން ކުރުން ހުއްޓާލަންޖެހޭކަމަށާއި އަދި ޕްރައިވެޓް ސެކްޓަރަށް ފުރުސަތު ހުޅުވާލަންޖެހޭ ކަމަށެވެ. އަދި އަމިއްލަ ވިޔަފާރިތަކަށް އެކަން ހުޅުވާލުމުން ފައިސާ ދެއްކުމުގައި އާންމުން ޒިންމާދާރުކުރެވޭނެކަމަށެވެ.

”ރައްޔިތުން މިހާރު ގަބޫލު ކުރަނީ ކޮންމެ މީހަކަށް ވެސް ބޭނުންވާ ގެދޮރު ސަރުކާރުން ހޯދައި ދޭން ޖެހޭ ކަމަށް. ގެދޮރު އެޅުމުގެ ގާބިލްކަން ނެތް މީހުންނަށް އެކަން ދައުލަތުން ފޯރުކޮށްދޭން ޖެހޭ. އެކަމަކު ހުރިހާ ރައްޔިތުންނަށް އެ ބޭނުންވާ ގެދޮރު ފޯރުކޮށްދޭކަށް ނުޖެހޭ.“ އަސްލަމް ވިދާޅުވި އެވެ.

ރިއަލް އެސްޓޭޓް މަސައްކަތް އެންމެ ބޮޑަށް މިހާރު ކުރަމުން އަންނަނީ ސަރުކާރުންކަމަށް ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ އެކަމަކު އެއީ އެކަން އޮންނަން ޖެހޭ އުސޫލެއް ނޫން ކަމަށާއި އެގޮތައް އެކަން ކުރާނަމަ  ގޯތިގެދޮރުގެ އަގު ހޯދަން އުނދަގޫ ވެގެން ދާކަމަށެވެ.

ސަރުކާރުން ގެދޮރު އަޅަން ފެށި ހިސާބުން ، ހިލޭ ދިރިއުޅުމުގެ ވިސްނުން ބޮޑުވެ، ފޮލެޓްތަކުގެ ކުލި ނުދައްކައި ގިނަ އާންމުން އުޅެމުންދާކަމަށާއި ނަމަވެސް މި މައްސަލަތައް ބަލައި ކުލި ނުދައްކާ ފަރާތްތައް އެތަނުން ބޭރުކުރުމުގެ ހިތްވަރު އެއްވެސް ސަރުކާރެއްގައިވެސް ނުހުންނަ ކަމަށް އަސްލަމް ވިދާޅުވިއެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button