ޕީޕީއެމަށް އަލަށް މެންބަރުންތަކެއް މިރޭ ސޮއި ކޮށްފިއެވެ.
”މަވެސް ޕީޕީއެމް“ ގެ ނަމުގައި މިރޭ އެޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މެންބަރުންގެ ފޯމުތަކާ ހަވާލުވެވަޑައިގަތީ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.
މިފަހަކަށް އައިސް ޕީޕީއެމަށް އަލަށް ވަންނަ މެންބަރުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އޭގެ ތެރޭގައި ގިނައި ޒުވާނުންނެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމުން އެންމެ ބޮޑު ހަރަކާތެއްގެ ގޮތުގައި މިހާރު ކުރިޔަށް ގެންދަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާއި، ޖާސޫސޫންނާ ދެކޮޅަށް އަޑު އުފުލުމަށް ބާއްވާ ”އިންޑިއާ އައުޓު“ ކެމްޕެއިނެވެ. މިހަރަކާތަށް ރާއްޖޭގެ ގިނަ ބައެއްގެ ތާއީދު އަންނަނީ ލިބެމުންނެވެ.