އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްއަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޒައާމަތުގައި 2015 ވަނަ އަހަރު ރިޔާސީ ލޯންޗުކޮޅު ގޮއްވާލުމާއި ގުޅޭގޮތުން އޭރުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒް އެކި ފަހަރު ވާހަކަ ދައްކަނީ އެކިގޮތަށްކަން ހާމަވެއްޖެއެވެ.
ދާދި ފަހުން މުއާޒު ވަނީ އެ ހަމަލާއަކީ އޭރުގެ ނައިބް ރައީސް އަހުމަދު އަދީބުގެ ސިޔާސީ ހަޔާތް ނިންމާލުމަށް ބަޔަކު ރާވައިގެން ހިންގި އަމަލެއް ކަމުގައި ވިދާޅުވެފައެވެ. އެއީ ސީދާ ރައީސް ޔާމީން ރޭއްވެވި ކަމެއްގެ ގޮތުގުގައި ވިދާޅުނުވިނަމަވެސް އެމަނިކުފާނާ ދޭތެރޭ މީހުން ޝައްކުއުފައްދާނެ ފަދަ ގޮތަކަށް މުއާޒު ވަނީ ވާހަކަ ދައްކަވާފައެވެ.
އެހެންނަމަވެސް 2019 ވަނަ އަހަރު މުއާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިނިފެންމާ ލޯންޗް ގޮއްވާލުމުގައި ރައީސް ޔާމީންގެ މައްޗަަށް ތުހުމަތެއް ނުކުރާކަމަށާއި އޭނާ ރައްޔިތުންނާ ހިއްސާ ކުރީ އެދުވަހުގެ ތަޖުރިބާ ކަމަށެެވެ.
މުއާޒު އެ ޓްވީޓުގައި ވިދާޅުވީ ރައީސް ޔާމީން އަމިއްލަފުޅަށް އެފަދަ ކަމެއް ކުރައްވާނެ ކަމަށް ގާބޫލު ނުކުރައްވާކަމަށާއި, އެމަނިކުފާނުގެ އަރިހުގައި ހޭދަކުރެއްވި ދުވަސްވަރު ފެނުނީ އަމިއްލަ އަނިބކަނބަލުންނާއި އާއިލާއަށް ނުހަނު އަޅާލާ މަންޒަރުކަމުގައެވެ.
މުއާޒު ވަނީ ދާދި ފަހުން އަދީބު ހިންގަވާ އެމްޓީޑީ އާއި ގުޅިވަޑައިގަނެފައެވެ. އަދި އޭގެ ފަހުން ރައީސް ޔާމީނަށް އަމާޒުކޮށް އެކިއެކި ތުހުމަތުތައް އޭނާ އަންނަނީ ކުރައްވަމުންނެވެ. އަދި މުއާޒު މިކަންކަން ކުރައްވަނީ ސިޔާސީ މަންފާއަށްޓަކައި ކަމުގައި ގިނަ ބަޔަކު އަންނަނީ ސިފަ ކުރަމުންނެވެ.