ޚަބަރުސިޔާސީ

އިންޑިއާ އައުޓު ހުއްޓުވަން ރައީސް ނެރުއްވި ގަރާރާ މެދު އުފެދޭ ސުވާލުތަކަށް ކޯޓުން ގޮތެއް ނިންމަންޖެހޭ: އދ

އިންޑިއާ އައުޓު ހުއްޓުވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރާ މެދު އުފެދޭ ސުވާލުތަކަށް ކޯޓުން ގޮތެއް ނިންމަންޖެހޭ ކަމުގައި އދ ގެ ސްޕެޝަލް ރެޕަޓުއަރ އޮން ދި ޕްރޮމޯޝަން އެންޑް ޕްރޮޓެކްޝަން އޮފް ހިއުމަން ރައިޓްސް އެންޑް ފަންޑަމެންޓަލް ފްރީޑަމްސް ފިއޮނުއަލާ ނީ އައޮލާއިން ބުނެފިއެވެ.

ފިއޮނުއަލާ ރާއްޖެއަށް ކުރެއްވި ދަތުރަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަމުން ވިދާޅުވީ ރައީސް ސޯލިހު ނެރުއްވި ގަރާރާއި ގުޅިގެން ހައްގުތަކެއް ގެއްލޭނަމަ، އެކަމުގައި ކޯޓުތަކުން ހައްލު ހޯދައިދެވެން ވާނެ ކަމުގައެވެ.

އެކަމަކު ފިއޮނުއަލާ ފާހަގަކުރެއްވިގޮތުގައި އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ ހައްގު ހަނި ކުރެވޭފަދަ ހާލަތެއް އައިސްފިނަމަ، އެކަން ކުރެވިދާނެ އެވެ. އެހެން ނަމަވެސް އެފަދަ ހާލަތެއްގައި އަމަލު ކުރަންވީގޮތް ކަނޑައަޅާނީ ކޯޓުން ކަމުގައި އޭނާ ވިދާޅުވިއެވެ.

ފިއޮނުއަލާގެ ވާހަކަތައް ބޮޑަށް ބިނާކޮށްފައިވަނީ ރައީސް ސޯލިހަށް ތާއީދު ކުރައްވާ ކަހަލަ ގޮތަކަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button