ޚަބަރުސިޔާސީ

އައްޑޫ ސިޓީ ކައުންސިލާއި ހިތަދޫ ކޯޓު އިމާރާތުގެ ފާރުގައި އިންޑިއާ އައުޓު ޖަހައިފި

އައްޑޫ ސިޓީ ކައުންސިލާއި ހިތަދޫ ކޯޓު އިމާރާތުގެ ފާރުގައި އިންޑިއާ އައުޓު ޖަހައިފިއެވެ.

އިންޑިއާ ސިފައިން އައްޑޫގައި ތިބުމާ ދެކޮޅަށް ޝުއޫރު ފާޅުކުރުމުގެ ގޮތުން އެކި ފާރުތަކަށް ސްޕްރޭ ކުރަމުންދާ ދަނޑިވަޅެއްގައި މިކަން ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.

ރޭގެ ވަގުތެއްގައި އިންޑިއާ އައުޓު ކަރުދާސްތަކެއް ޗާންދަނީ މަގު ޖަންކްޝަން ސަރަހައްދަށް އަޅާފައިވެއެވެ.

އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅުން އިސް ނަގައިގެން ގައުމީ ހަރަކާތެއްގެ ގޮތުގައި ކުރިޔަށް ގެންދާ އިންޑިއާ އައުޓު ކެމްޕެއިން ހުއްޓުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގަރާރު ނެރުނު ފަހުން އެ ހަރަކާތް ހުއްޓުވޭ ގޮތް ވަނީ ނުވެފައެވެ.

ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި އިންޑިއާ އެމްބަސީ އާއި، ރައީސް އޮފީހާއި، ޑިފެންސް މިނިސްޓަރާއި ފޮރިން މިނިސްޓަރުގެ ގެ ކައިރިޔަށްވެސް އިންޑިއާ އައުޓު ކަރުދާސްތައް ވަނީ އަޅާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button