ޚަބަރު

”އިންޑިއާ އައުޓު“ ލިޔެގެން ހައްޔަރު ކުރީ އެމްޑީޕީގެ މެންބަރެއް!

”އިންޑިއާ އައުޓު“ ލިޔެގެން ފުލުހުން މިއަދު ހަވީރު ހައްޔަރު ކުރީ އެމްޑީޕީއަށް ނިސްބަތްވާ ފިރިހެނެއްކަން ހާމަވެއްޖެއެވެ.

އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ހިންގުމުގެ މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުން އައީ މއ.ލެއްގި، ޢަބްދުލްޣައްފާރު ޢަބްދުލްޣަފޫރު (34އ) ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅެމުންދާ ގޭގެ ފާހާނާ ތެރޭގައި ފިލާ އޮއްވައި މިއަދުގެ 17:12 އެހާކަންހާއިރު ކޯޓު އަމުރެއްގެ ދަށުން ކަމުގައިވެސް ފުލުހުން ބުންޏެވެ.

 

ޣަފޫރުގެ އައިޑީކާޑު ނަންބަރު އެމްޑީޕީގެ ދަފްތަރުގައި ޖަހާލުމުން އޭނާއަކީ އެމްޑިޕީ T15 ގެ މެންބަރެއްކަން އެނގެއެވެ.

”އިންޑިއާ އައުޓު“ ހަރަކާތުގައި ގޯސްތަކެއް ހެދުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމާއި އިދިކޮޅަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އަމަލުތަކެއް ގޮތް ނޭނގޭ ބަޔަކު ހިންގާކަމަށް އިދިކޮޅުން ބުނެފައިވެއެވެ. އެކަމަކު ޣަފޫރު ހަރަކާތްތެރި ވެފައިވަނީ ކޮން ގޮތަކަށް ކަމެއް ނޭނގެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button