އިންޑިއާ އެމްބަސީ އާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ގެކޮޅުގެ ފާރަށް ”އިންޑިއާ އައުޓު“ ސްޕްރޭ ކޮށްފިއެވެ.
މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކަށް ބަލާއިރު، އިންޑިއާ އެމްބަސީ އާއި ގާސިމްގެ ގެކޮޅު ކަމަށްވާ މ.މާފަންނު ވިލާގެ ފާރަށް ”އިންޑިއާ އައުޓު“ ސްޕްރޭކޮށްފައިވެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިކަން ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.
ރާއްޖޭގެ ހަރަކާތްތެރިވަމުން އަންނަ އިންޑިއާ ސިފައިންނާ ދެކޮޅަށް ޝުއޫރު ފާޅު ނުކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވުމާ ގުޅިގެން މި ހަރަކާތް އިތުރަށް ފުޅާވެފައިވާކަން ފާހަގަކޮށްލެވެއެވެ.