
އިލެކްޝަންސް ކޮމިޝަންސް (އީސީ) ގެ ކުރީގެ ރައީސް އަހުމަދު ޝަރީފް ސްޓެލްކޯ އާއި ހަވާލުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަހުމަދު އަކްރަމް ސްޓެލްކޯގެ ޖެނެރަލް މެނޭޖަރަކަށް އައްޔަން ކޮށްފިއެވެ.
ސްޓެލްކޯގެ ސޭލް ސެންޓަރުގެ ޖީއެމް ކަމުގެ ވަޒީފާއަށް އަކްރަމް ނިކުތީ އާދީއްތަ ދުވަހުގައި ކަމަށް އެ ކުންފުނީގެ ސޭލްސް ޑިޕާޓުމެންޓުގައި މަސައްކަތް ކުރާ މުވައްޒަފަކު ”ބޮންތި“ އަށް ވަނީ ކިޔައިދީފައެވެ.
ޝަރީފު އާއި ގާތް ގުޅުމެއް އޮންނަ އަކްރަމް އަކީ ނިމިދިޔަ ރިޔާސީ އިންތިހާބު އޮޅުވާލުމަށްޓަކައި ޝަރީފު އާއި ބައިތުހިފި މީހެއް ކަމަށް ޕީޕީއެމުން މީގެ ކުރިން ވަނީ ތުހުމަތު ކޮށްފައެވެ. އެކަމަކު އަކްރަމް އެ ތުހުމަތުތައް ދޮގު ކުރެއެވެ.
އަކްރަމަ އީސީއިން އިސްތިއުފާ ދިނީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ ތުހުމަތުތަކެއް ކުރެވިގެން އިސްތިއުފާ ދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެންގެވުމާ ގުޅިގެންނެވެ.