ގޫގަލް ޓްރާންސްލޭޓު ބުނާގޮތުން ދިވެހިންނަކީ އިންޑިއާ މީހުން

ގޫގަލް ޓްރާންސްލޭޓު ބުނާގޮތުން ދިވެހިންނަކީ އިންޑިއާ މީހުންކަން ހާމަވެއްޖެއެވެ.
”ދިވެހިން“ މިހެން ޖެހުމުން ގޫގަލުން ބުނަނީ އެއީ ”އިންޑިއަންސް“ ކަމުގައެވެ. އެއްބަސް އަނެއް ބަހަށް ތަރުޖަމާކުރާ މި މީޑިއަމަށް ދިވެހި ބަސް އިތުރުކޮށްފައިވަނީ ދާދިފަހުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރު ވެރިކަމަށް އައީ އިންޑިއާގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކުގައެވެ. އަދި ސަރުކާރަށް 4 އަހަރު ވެފައިވާއިރު ދެގައުމުގެ ގުޅުން ބިރުގަންނަ ވަރަށް ބަދަހިވެފައިވާކަމަށް ގިނަ އާންމުން ދެކެއެވެ.
ހާއްސަކޮށް އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލައިގައި އިދިކޮޅާއި އާންމުންގެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކޮށް ”އިންޑިއާ އައުޓު“ ކެމްޕެއިނެއް ހިންގަމުންނެވެ. އެކަން ހުއްޓުވުމަށް ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާ ދެކޮޅަށް ރައީސް ސޯލިހު ވަނީ ގަރާރެއްވެސް ނެރުއްވާފައެވެ. އެކަމަކު އެ ގަރާރަށް މާބޮޑު ތާއީދެއް ނެތްކަން ފާހަގަކޮށްލެވެއެވެ.