ޚަބަރުސިޔާސީ

އިންޑިއާ އެމްބަސީ ދޮރު މައްޗަށް ”އިންޑިއާ އައުޓު“ ކަރުދާސްތަކެއް އަޅައިފި

ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ ދޮރުމައްޗަށް ”އިންޑިއާ އައުޓު“ ޖަހާފައި ހުރި ކަރުދާސްތަކެއް ދާދި ދެންމެއަކު ބަޔަކު އަޅައިފިއެވެ.

އިންޑިއާ އެމްބަސީގެ އިތުރުން މި ކަރުދާސްތައް ރައީސް އޮފީސް ދޮރުމައްޗަށާއި އޭޑީކޭ ހޮސްޕިޓަލު މައި ގޭޓު ކުރިމައްޗަށްވެސް އަޅާފައިވެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި އިދިކޮޅުން ފެށި އިންޑިއާ އައުޓު ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގަރާރު ނެރުއްވި ފަހުން ފުލުހުން އަންނަނީ ގެތަކުގައި ހަރުކޮށްފައި ހުންނަ އިންޑިއާ އައުޓު ބެނާތައް ނަގަމުންމެވެ. އެކަމަކު ސްޕެލިން ބަދަލުކޮށްގެންނާއި އެކި ކުރެހުންތަކުން މި ޝުއޫރު ފާޅު ކުރުން އަދިވެސް ދަނީ ކުރިޔަށެވެ.

އިންޑިއާ ސިފައިންނާ ދެކޮޅަށް ހިންގާ މި ހަރަކާތް ހުއްޓުވުމަށް އިންޑިއާ އެމްބަސީން އަންނަނީ ސަރުކާރަށް ފަންޑު ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button