ޚަބަރުސިޔާސީ

ލެކްޗަރާއިންގެ މުސާރައިގެ އައު އޮނިގަނޑު ހައްދަވާކަމަށް ވިދާޅުވެ އަމީރު އިތުރުފުޅު ހައްދަވައިފި

ލެކްޗަރާއިންގެ މުސާރައިގެ އައު އޮނިގަނޑު ހައްދަވާކަމަށް ވިދާޅުވެ މާލީ ވަޒީރު އިބްރާހިމް އަމީރު އިތުރުފުޅު ހައްދަވައިފިއެވެ.

އޮންލައިން ނޫހެއް ކަމަށްވާ ”ސަން“ އަށް ދެއްވި އިންޓަވިއުއެއްގައި އަމީރު ވިދާޅުވީ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއެކު، ލެކްޗަރާއިންގެ މުސާރަ ވެސް ބޮޑު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އެމްއެންޔޫ އާއެކު ކޮށްފައިވާކަމުގައެވެ.

އެކަމަކު އެމްއެންޔޫގެ ކައުންސިލް މެންބަރު އަހުމަދު އަމީން މުހައްމަދު ވިދާޅުވީ އެދަފަ އެއްވެސް މަޝްވަރާއެއް އަދި މިހާތަނަށް ކުރެވިފައިނުވާކަމުގައެވެ.

”އަނެއްކާވެސް އިތުރު ދޮގެއް. އަޅުގަނޑަކީވެސް ކައުންސިލް މެންބަރެއް. މަޝްވަރާއެއް ނުކުރޭ. އެޖެންޑާވެސް ނުކުރޭ.“ އަމީން ވިދާޅުވިއެވެ.

ލެކްޗަރާއިންގެ މުސާރައިގެ އައު އޮނިގަނޑު އައިޔޫއެމް އާއި ހިއްސާކުރެއްވިކަމަށް ވެސް މިނިސްޓަރު އަމީން ވަނީ ވިދާޅުވެފައެވެ.

ޓީޗަރުންގެ މުސާރައިގެ އިތުރުން ގުރުއާނާ ބެހޭ މަރުކަޒުގެ ޓީޗަރުންގެ މުސާރަ ވެސް މޭ 1 އިން ފެށިގެން ”ދައުލަތުގެ ޕޭ ފްރޭމް ވާރކް“ އަށް ބަދަލުކުރުމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ނިންމާފައެވެ. އެކަމަކު ލެކްޗަރާއިންގެ މުސާރަ ބޮޑު ނުކުރާ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button