ޚަބަރުސިޔާސީ

އަންނަ އަހަރުގެ ބަޖެޓަކީ 41.5 ބިލިއަން ރުފިޔާ!

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ 41.5 ބިލިއަން ރުފިޔާ ކަމަށް ފިނޭޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިވަގުތު ދައުލަތުގެ މާލީ ހާލަތު ހުރިގޮތާއި ގުޅޭގޮތުން ނޫޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި އަމީރު ވިދާޅުވީ 2023 އިން 2025 އަށް ފިސްކަލް ސިޔާސަތުގެ އިސް އަމާޒެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ސަރުކާރުގެ މާލީ ހާލަތު ރަނގަޅުކޮށް ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ޔަގީން ކުރުމަށް ކަމަށެވެ.

އަމީރުގެ ވާހަކަފުޅުގައި ފާހަގަކޮށްފައިވަނީ އޮފީީސްތަކުގެ ބަޖެޓް އިވެލުއޭޓްކޮށް ނިމިފައިވާކަމަށާއި މިހާރު ކުރިއަށް ދަނީ ދައުލަތުގެ ޕީއެސްއައިޕީ މަޝްރޫއުތަކުގެ އަޕްޑޭޓްތައް ބަލައި އެކަން ފައިނަލް ކުރުމުގެ މަސައްކަތްތައް ކަމަށެވެ. އަދި މި އަހަރު ނިމުމުގެ ކުރިން އާމްދަނީގެ ގޮތުގައި 24.9 ބިލިއަން ރުފިޔުާ ލިބޭނެ ކަމަށާއި، 2023 ވަނަ އަހަރު ސަރުކާރަށް ޖުމްލަ އާމްދަނީ އެއްގެ ގޮތުގައި 30.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަމީރު ވިދާޅުވެފައިވެއެވެ. އަދި އަންނަ އަހަރަށް ބަޖެޓް ލަފާކުރާ އަދަދަށްވުރެ ކުޑަވުމަކީ ނުވަތަ ބޮޑު ވުމަކީ ވެދާނެކަމެއްކަމަށް އަމީރު ވިދާޅުވިއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އިގްތިސާދީ ހާލަތު ދަށްވެ، ރާއްޖޭގެ ދަރަނީގެ ނިސްބަތް އިތުރުވެފައި ވީ ނަމަވެސް ސަރުކާރުގެ އިސްވެރިން ކުރައްވަމުން ގެންދަވާ ދަތުރުތައް އިތުރުވެ، ހަފްތާއަކު އެތައް ދަތުރެއް ކޮށް، މިލިއަނުން ހަރަދު ކުރަމުންދަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށް އިދިކޮޅުން ބުނެއެވެ. އަދި އަހަރަކަށްވުރެ އަހަރެއް ބަޖެޓު ބޮޑުކޮށް އެއިން އެދެވޭ ފައިދާއެއް ރައްޔިތުންނަށް އަދި މިގައުމަށް، ރައީސް އިބްރާހީމް މުހައްމަދު ސާލިހުއަށް ހޯއްދަވައި ދެއްވިދާނެކަމާމެދު ރައްޔިތުންގެ ހިތުގައި ސުވާލު އުފެދެއެވެ.

އަންނަ އަހަރުގެ ބަޖެޓު ފާާސްކުރުން އޮންނާނީ އަންނަ ނޮވެމްބަރު މަހު ތެރޭގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button