ޚަބަރު

އަންހެން ހެދުން ލައިގެން އުޅުނު ފިރިހެނުންގެ ދިފާއުގައި ޕީޖީ ވަކީލަކު ތެދުވެއްޖެ

އަންހެން ހެދުން ލައިގެން އަންގާރަ ދުވަހު މާލޭގެ ހުޅަނގު ފަރާތުގައި ހަދާފައި އޮންނަ ރަސްފަންނު ސަރަހައްދަށް އެއްވި ފިރިހެނުންތަކެއްގެ ދިފާއުގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ ގާނޫނީ ވަކީލަކު ތެދުވެއްޖެއެވެ.

ޕީޖީ އޮފީހުގެ ވަކީލަކަށް އުޅުއްވާ އަހުމަދު ޝަފީއު ވަނީ އެ މައްސަލާގައި އޭނާ ދެކޭގޮތް އޭނާގެ ފޭސްބުކްގައި ފާޅުކަން ބޮޑު ގޮތެއްގައި ހާމަކޮށްފައެވެ. އެގޮތުން ޝަފީއު ވިދާޅުވީ މޮޑެލް ކުރުމާއި، ފޮޓޯ ނެގުމަކީ ރާއްޖޭގެ އެއްވެސް ގާނޫނަކުން މަނާކޮށްފައި އޮންނަ ކަމެއް ނޫން ކަމުގައެވެ.

”މަނާ ނޫން ކޮންމެ ކަމެއް ކުރެވޭނެ. މިއީ އެންމެންގެ ބިމެއް.“ ޝަފީއު ވިދާޅުވިއެވެ.

ޝަފީއު މިފަދައިން ވިދާޅުވިއިރު، އިސްލާމީ ޝަރީއަތާ ހިލާފް ނުވަތަ ދީނީ އެއްބައިވަންތަ ކަމުގެ ގާނޫނާ ހިލާފަށް މުޖުތަމައުގެ މަސްލަހަތު ގެއްލޭ އެއްވެސް ބާވަތެއްގެ އަމަލެއް ކުރުމަކީ މަނާ ކަމެކެވެ. އަދި މި މައްސަލާގައި ޕީޖީ އޮފީހުގެ މުވައްޒަފުންގެ މެދުގައި ހަދާފައި އޮންނަ ވައިބާ ގްރޫޕުގައިވެސް ޝަފީއުގެ މި އަމަލު ބައެއް މުވައްޒަފުން ވަނީ ކުށްވެރި ކޮށްފައެވެ.

”ދުލާއި ގަލަމުގެ މިނިވަންކަމަކީ ހިތުހުރި އެއްޗެއް ދޫކޮށްލުމެއް ނޫން. ސީދާ ކަނޑައެޅިގެން ގޯސް ކަމެއްކަން އެނގި ހުރެ، މިފަދަ ޕޯސްޓުތައް ޖެހުން ކަމަކު ނުދޭ. ސިޔާސީ ޕޯސްޓު ކުރިޔަސް ދީނީ ކަންކަން މިގޮތަށް ޕޯސްޓު ކުރުން ސަޅިއެއް ނޫން. ވެއްޓެނީ އޮފީހުގެ އަގު.“ އެ ގްރޫޕުގައި މުވައްޒަފަކު ބުނެފައިވެއެވެ.

ރަސްފަންނު ސަރަހައްދަށް 10 ވަރަކަށް ފިރިހެނުން އަންހެން ހެދުން އަޅައިގެން ނިކުމެ އުޅުނު މައްސަލައިގައި “ބޮންތި” އިން ހޯމް މިނިސްޓަރު އިމްރާން އާއި މީގެ ކުރިން ސުވާލު ކުރުމުން އެމަނިކުފާނު އަދި މިހާތަނަށް އެއްވެސް ޖަވާބެއް ނުދެއްވައެވެ. އިމްރާނަކީ ރާއްޖޭގެ ދާހިލީ ވަޒީރަށް ވެފައި، ފުލުހުންގެ ބެލެނިވެރިކަމުގެ ވުޒާރާއަށް ވުމުން އެކަމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯ އާއި އެކަމަށް އެއްވެސް ފިޔަވަޅެއް އަޅުއްވާނެތޯ “ބޮންތި” އިން ވަނީ ސުވާލު ކޮށްފައެވެ. އެހެން ނަމަވެސް އެބޭފުޅާ އެކަމަށް އެއްވެސް ޖަވާބެއް ނުދެއްވިއެވެ. އިމްރާނަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުގައި ހިމެނޭ ދީނީ ޕާޓީ ކަމުގައިވާ އަދާލަތު ޕާޓީގެ ރައީސްވެސް މެއެވެ.

މިކަމާ ގުޅިގެން ފުލުހުންނާއި ސުވާލު ކުރުމުންވެސް މިއަދާ ހަމައަށް އެއްވެސް ޖަވާބެއް ލިބޭގޮތް ވަނީ ނުވެފައެވެ. އަދި އެމީހުން އެއްވެ ތިބިއިރު، ދެ ފުލުހަކު މަޑުކޮށްލައިގެން އެ މީހުނާ ވާހަކަ ދައްކަން ތިބި ފޮޓޯއެއް ވަނީ ދައުރުވެފައެވެ. އަދި އެކަމާ ގުޅިގެން އެއިން އެއްވެސް މީހަކާ ރަސްމީކޮށް ސުވާލެއް ކުރިތޯ ނުވަތަ ހައްޔަރު ކުރިކަމެއްވެސް ނޭނގެއެވެ.

މިފަހަކަށް އައިސް ލާދީނީ ކަންކަމަށް މަގުފަހިވާގޮތަށް ދިވެހި މުޖުތަމައުގެ ތެރޭގައި ހިނގާ ލަދު ކުޑަ ކަންކަމަށް ސަރުކާރުން ދެނީ ބީރު ކަންފަތެކެވެ.

4 Comments

  1. މަށަށް ސަޅި މިއެއްޖިންސުގެގުޅުމުގެ ކަންކަމިގައި މިމީހުން މިދެކޭގޮތް
    އަހަރެނެނަށް މިފެން ނަނީ އަލަމް ގިރު އެމްޑީޕީތެރޭ ދެވިހިފާފައޮތް މިންވަރު އަދިވެސް އމްޑީޕީ އަށް ރައްޔިތުން ގިނައިން މޯޓުދީ ހަހަހަހަ

  2. އެއްމެންގެ ބިންވިމަދޯ ޒިނޭއާ ލިވާތާ ބޮވެންވާނެ ބޯންވާނެ އަބަދުހަމާގަހުންނާކަންނުޖެހޭގަ މިސަރުކާރުންހުއްދައީ ދެންޔޯގާމީހުނަށްހުއްދަނެތީކީވެބާ މީއެމީހުންގެ ެެވެސްބިމެންނު ތިބާއަކަށްތިމަގާމަކާކުފޫހަމައެންނޫ އިސްތިއުފާދީ މިހާރަށްމިހާރަށް ކުފޫހަމަނު ާާމވަގާމުދިނުމާގަބޫލުކުރުމަކީކޮންގެންވާނެކަމެތްނޫ

  3. ގާނޫނީ ބޭފުޅާ އެވިދާޅުވަނީ ރަގަޅުވާހަކައެއް މިހާރު ބޭނުން ގޮތަކައް ނުއުޅެވި އެއް ނެއް މުޅިގައުމުގައި އޮތީ ގިރިއެއްނޫ ނަހީ ކުރެއވި ހުރިހާ ކަމެއް ހުއްދަ ކުރަމުން ދާތަން ފެނިގެނ މިދަނީ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button