ކުރިއަށް އޮތް 5 ދުވަސްތެރޭގައި މާލޭ މަސް މާރުކޭޓުގައި މަރާމާތު ކުރަމުންދާ މަސް އަށިތަށް ނިމޭނެ ކަމުގައި މާލޭ ސިޓީ ކައުންސިލުގެ މޭޔާރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސް އަށިތަށް މާރާމާތު ކުރަން ފަށައިފައި އެވަނީ އެ އަށިތަށް މަރާމާތު ނުކުރާތާ އެތަށް އަހަރެއް ވެފައި ވަނިކޮށް ކަމަށެވެ.
Male maskaarukeytuge mas bahattaa ashithah maraamaathunukoh ethah aharehvumahfahu, fiber jahaa, maraamaathukurumuge masakkai kuriyah dhanee. Kuriyah 5 dhuvas therey nimeyne IA. pic.twitter.com/GL3dac9Imc
— Dr Mohamed Muizzu (@MMuizzu) February 18, 2022
މުއިއްޒު އިތުރަށް ވިދާޅުވީ މިހާރު ކުރިއަށް ދަނީ މިހާރު ކުރިއަށް ދަނީ އަށިތަކުގައި ފައިބަރު ޖެހުމުގެ މަސައްކަތް ކަމުގައެވެ.