ޚަބަރުސިޔާސީ

އެއްޖިންސުން ގުޅުން ހިންގުން އާންމުވެގެން ދިޔައިރު ފުލުހުން ކޮބައިތޯ؟ ޖަމީލް

އެއް ޖިންސުން ގުޅުން ހިންގުން އާންމުވެގެން ދިޔައިރު ފުލުހުން ކޮބައިތޯ ސުވާލު ކުރައްވައި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ކަމާބެހޭ ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެރިކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމުގައި ހުންނެވި ނަމަވެސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ޒިންމާ އަދާ ކުރައްވަން ޖެހޭ ކަމުގައެވެ. އަދި ޒިންމާ އުފުއްލެވުމުގައި އިމްރާން ބިރުގަނެގެން ނުވާނެކަން ޖަމީލް ފާހަގަކުރެއްވިއެވެ. 

މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އަންހެނަކާއި ފިރިހެނަކާ އެކު ބަރަހަނާ ހާލުގައި އޮތް ފޮޓޯއެއް އާންމުވި މައްސަލައަށް އިޝާރާތް ކުރައްވައި ޖަމީލު ވިދާޅުވީ އެފަދަ ޖަރީމާތައް އާންމުވެ، ފެތުރިގެން ދިޔައިރު ފުލުހުން އެކަމަށް އާދައިގެ ގޮތަކަށް އިޖާބަދޭތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

”ފޯކަސް ގެއްލި،ބާރުގަދަ ފަރާތްތަކާއިމެދު ފިޔަވަޅު ނޭޅިފައި. މިހާސާބަށް ޙާލަތު ދިޔައިރު ވަޒީރު ކޮބާ؟“ ޖަމީލު ވިދާޅުވިއެވެ.

ނާޒިމް ސައްތާރުގެ އިތުރުން އަނދުން ހުސެއިންގެ މުޑުދާރު އަމަލުތައް ލީކު ކޮށްފައިވާއިރު، ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެެރިޔާ އަބްދުﷲ ނަސީރު އިބްރާހީމް އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއްވެސް މިއަދު ވަނީ އާންމުވެފައެވެ. އެކަމަކު އެއީ މީގެ ދުވަސްތަކެއް ކުރިން ރިކޯޑު ކުރެވިފައިވާ ވީޑިއޯއެއް ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ. ނަސީރު އާއި އެއްކޮށް އެއް ޖިންސުން ހިންގި ކަމުގެ ތުހުމަތު ކުރެވޭ ދެވަނަ ފަރާތަކީ ރާއްޖެ ޓީވީގެ ކޯ ފައުންޑަރު، މެނޭޖިން ޑިރެކްޓަރު އަދި ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ސަލީމެވެ. ސަލީމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އޭނާގެ ބަހެއް ލިބޭތޯ ”ބޮންތި“ އިން ގުޅުމުން ފޯނަށް ޖަވާބެއް ނުދެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button