
ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހީމް އާއި އެއްކޮށް އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތު، ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ސަލީމަށް ކޮށްފިއެވެ.
މީސް މީޑިއާ އަދި އާންމުންގެ ތެރޭގައި ފެތުރޭ ވާހަކަތަކަށް ބަލާއިރު، ލީކުވެފައިވާ ނަސީރުގެ ވީޑިއޯގައި އުޅޭ ދެވަނަ ފަރާތަކީ މެންބަރު ސަލީމެވެ. ސަލީމުގެ މައްޗަށް މިވަރުގެ ބޮޑު ތުހުމަތެއް ކުރާއިރު، އޭނާގެ ބަހެއް ލިބޭތޯ ”ބޮންތި“ އިން ވަނީ އޭނާގެ ފޯނަށް ގުޅާފައެވެ. ވަޓްސްއެޕް އަދި ޓެލެގްރާމުން ގުޅުމުންވެސް ޖަވާބެއް ނުދެއްވައެވެ، އަދި ”ބޮންތި“ އިން ކުރި މެސެޖަށް ވެސް ސަލީމް ޖަވާބު ދެއްވާފައެއް ނުވެއެވެ.
އެނގިފައިވާގޮތުގައި އެއީ މީގެ ދުވަސްތަކެއް ކުރިން ރިކޯޑު ކުރެވިފައިވާ މަންޒަރުތަކެކެވެ. އެކަމާ ގުޅިގެން ނޫސްވެރިޔާ ނަސީރު ކަންބޮޑުވެ ހާސްވެފައިވާ ކަމަށް އިތުބާރު ހުރި މަސްދަރަކުން ”ބޮންތި“ އަށް ވަނީ ކަށަވަރު ވެފައެވެ.
ރާއްޖެ ޓީވީގެ ކޯ ފައުންޑަރު އަދި މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމު އަދާ ކުރައްވާ ސަލީމް އާއި ގުޅޭގޮތުން މީގެ ކުރިންވެސް އެފަދަ އަޑުތަކެއް ވަނީ ފެތުރިފައެވެ. އެކަމަކު އެ އަޑުތަކަށް އޭނާ މާބޮޑު ސަމާލުކަމެއް ނުދެއްވައެވެ.
Lol